- Advertisement -ad image

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އދ.ގެ އާންމު މަޖިލީހުގައި ބޮޑު ވޯޓެއް

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: މަރްޔަމް އަދީލާ

ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ ޣައްޒާގައި އިންސާނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގަރާރަށް ތާއީދުކޮށް އދ.ގެ 193 މެންބަރުން ހިމެނޭ އާންމު މަޖިލީހުން ފާސްކޮށްފިއެވެ.

އަންގާރަ ދުވަހު ފާސްކުރި ގަރާރު ފާސްކޮށްފައިވަނީ އިޒްރޭލާއި އެމެރިކާ ހިމެނޭ ގޮތަށް 153 ގައުމަކުން ތާއީދުކޮށް، 23 ގައުމަކުން ވޯޓު ނުދީ އަދި ތާއީދު ނުކުރާކަމަށް 10 ގައުމަކުން ވޯޓު ދީގެންނެވެ. އެ ގަރާރަކީ ބައިންޑިން ނޫން ގަރާރެއް ނަމަވެސް، މިއީ ދުނިޔޭގެ ހިޔާލު ދައްކުވައިދޭ އިންޑިކޭޓަރެކެވެ.

“މިކަމުން ދައްކުވައިދެނީ މި ގަރާރު ތަންފީޒު ކުރުމަށް ގޮވާލަން ބައިނަލްއަގުވާމީ ފެންވަރުގައި އޮތް ސިޔާސަތު.” ވޯޓަށް ފަހު ސައުދީ އަރަބިއްޔާގެ އދ.ގެ ސަފީރު އަބްދުލްއަޒީޒް އަލްވަސިލް ވިދާޅުވި އެވެ. 

މި ވޯޓު ނަގާފައި މިވަނީ ފަލަސްތީނުގެ 18،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ޣައްޒާއަށް އިޒްރޭލުން އެތައް މަހެއްވަންދެން ދެމުން އައި ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަގުވާމީ ޕްރެޝަރު އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން 80 އިންސައްތަ އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލިފައެވެ.

މެދުނުކެނޑި ދެމުންދާ ވައިގެ ހަމަލާތަކާއި އިސްރާއީލުން ވަށާލުމުގެ ސަބަބުން ފަލަސްތީނުގެ ސަރަހައްދުގައި އިންސާނީ ނުރައްކާތެރި ހާލަތެއްވަނީ އުފެދިފަ އެވެ. އެތަން އދ.ގެ އޮފިޝަލުން ސިފަކުރަމުން ދަނީ “ބިމުގައި ނަރަކަ” ގެ ގޮތުގަ އެވެ. އިސްރާއީލުގެ އަސްކަރީ ޙަމަލާތަކުގެ ސަބަބުން ޣައްޒާއަށް ކާބޯތަކެއްޗާއި ތެލާއި ފެނާއި ކަރަންޓު ލިބުން ވަނީ ހުއްޓިފައެވެ.

އަންގާރަ ދުވަހު ވޯޓަށް އަހާފައި މިވަނީ އދ.ގެ ސަލާމަތީ މަޖިލީހުގައި މިދިޔަ ހުކުރު ދުވަހު ފާސްކުރި ގަރާރު ފެއިލްވެފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާއިން ވަނީ އެ ހުށަހެޅުން ވީޓޯކޮށް، ހަމައެކަނި ޚިޔާލު ތަފާތުވާ ވޯޓެއް ނަގައި، އެ ހުށަހެޅުން ފާސްކުރުން ހުއްޓުވާފަ އެވެ. ނަމަވެސް އިނގިރޭސިވިލާތުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. ޔޫއެންޖީއޭގެ ވޯޓުތަކާ ހިލާފަށް، ޔޫއެންއެސްސީގެ ގަރާރުތަކަކީ ލާޒިމް ކުރުމުގެ ބާރު ލިބިގެންވާ ގަރާރުތަކެކެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ އދ.ގެ ޗާޓަރުގެ 99 ވަނަ މާއްދާގެ ދަށުން ބައިނަލްއަގްވާމީ ސުލްހައަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދިނުމުގެ އާދަޔާ ހިލާފު ފިޔަވަޅެއް އަޅުއްވާފައެވެ. އެ މާއްދާ އެންމެ ފަހުން ބޭނުންކުރީ ފެށީ 1971 ވަނަ އަހަރު އެވެ.

ނަމަވެސް އަންގާރަ ދުވަހު އދ.ގެ އާންމު މަޖިލީހުގެ ގަރާރު ފާސްކުރުމުން ވެސް އެމެރިކާގެ ދެކޮޅުވެރިކަމާ ކުރިމަތިލާން ޖެހުނެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ނުރައްކާތެރި ހަމަލާ ކުށްވެރިކޮށް އެމެރިކާ އާއި އޮސްޓްރިއާއިން ވަނީ ގަރާރަށް އިސްލާހު ތަކެއް ގެނެސްފަ އެވެ.

މިސްރުގެ އދ.ގެ ސަފީރު އުސާމާ އަބްދުލްޚަލޭކް ވަނީ މި ޑްރާފްޓް ގަރާރު “ބެލެންސްޑް އެންޑް ނިއުޓްރަލް” ކަމަށް ސިފަކުރައްވައި، އެ ގަރާރުގައި ދެފަރާތުގެ އާންމުން ހިމާޔަތްކޮށް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލުމަށް ގޮވާލާފައެވެ.

ނަމަވެސް އިސްރާއީލުގެ މަންދޫބު ގިލާޑް އެރްދާން ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ. އަދި އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ވަނީ އިސްރާއީލުގެ އަސްކަރީ ކެމްޕޭނަށް ވަރަށް ބޮޑަށް ތާއީދުކޮށް، ހަމާސް ރޫޅާލުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ބުނެފަ އެވެ. އިސްރާއީލު ސިފައިން ސްކޫލްތަކާއި ހޮސްޕިޓަލްތައް ހިމެނޭ ގޮތަށް މުޅި އަވަށްތައް ސުންނާފަތިކުރަމުންދާއިރު، ބައިނަލްއަގްވާމީ ޚިޔާލާ އިދިކޮޅަށް އެމެރިކާ ވަނީ ޚިޔާލު ފާޅުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ