ޣައްޒާގެ ޚާން ޔޫނުސްގެ ފަރަހަނާ ސްކޫލަށް އިސްރާއީލުން ދިން ހަމަލާއެއްގައި އަލްޖަޒީރާގެ ނޫސްވެރިޔާ ސަމީރު އަބޫދާކާ ޝަހީދުކޮށްލައި، އެ ނެޓްވޯކްގެ ޣައްޒާގެ ވެރިޔާ ވައިލް ދަހުދޫހު ޒަޚަމްކޮށްލައިފިއެވެ.
އަބޫދާކާ ޝަހީދުވީ ހާން ޔޫނިސްގެ ފަރްހަނާ ސްކޫލަށް އިޒްރޭލުން ދިން ހަމަލާއެއްގަ އެވެ. އެވަގުތު އަބޫދަކާއާއެކު އެ ސަރަހައްދުގައި ޑިއުޓީގައި ހުރި އަލްޖަޒީރާގެ އިތުރު ނޫސްވެރިއެއް ކަމަށްވާ ވާއިލް ދަހްދޫހަށް ވެސް އަނިޔާވެފައިވެ އެވެ. އޭނާ އަށް އަންނަނީ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންނެވެ.
އަލްޖަޒީރާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުން މެދުކެނޑުމެއް ނެތި އެ ސަރަހައްދަށް ދެމުންދިޔަ ހަމަލާތަކާ ގުޅިގެން ސިއްހީ ފަރުވާދޭ ފަރާތްތަކަށް އަބޫދަގާއާ ހަމައަށް އައުމުގައި ގިނަ އުނދަގޫތަކެއް ކުރިމަތިވި އެވެ. ސިއްހީ ފަރުވާ ނުލިބި ގިނައިރުތަކެއް ވުމުން އަބޫދަގާގެ ހަށިގަނޑުން ގިނަ އަދަދަކަށް ލޭ ފޭބި ކަމަށާއި ސިއްހީ ފަރުވާދޭ ތަނަކަށް ގެންދެވުނުއިރު ވެސް އޭނާ އޮތީ ސީރިއަސް ހާލަތެއްގައި ކަމަށްވެސް އަލްޖަޒީރާ އިން ރިޕޯޓުކޮށްފައިވެ އެވެ.
އަލްޖަޒީރާއާ 2004 ވަނަ އަހަރު ގުޅުނު އަބޫދަގާ އަކީ ކެމެރާމަނެއްގެ އިތުރުން އެޑިޓަރެއްގެ މަގާމު އަދާކުރަމުންދިޔަ ފަރާތެކެވެ. އޭނާ ޝަހީދުވިއިރު ދުނިޔޭގައި ތިން ފިރިހެން ކުދިންނާއި އަންހެން ކުއްޖަކު އެބަތިބި އެވެ.
މި ހަމަލާގައި ފަލަސްތީނުގެ އިތުރު ނޫސްވެރިއެއް ކަމަށްވާ ރާމީ ބުދާއިރު އާއި ސިވިލް ޑިފެންސް ޓީމުގެ ތިން މެމްބަރަކު ވެސް ވަނީ ޝަހީދުވެފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަނީ އެގައުމުގެ ސިފައިން ތިން މީހަކު ޝަހީދުކޮށްލީ ޝުޖާޔާގައި ނުރައްކަލެއްގެ ގޮތުގައި “އޮޅުވާލައިގެން” ސިފަކުރުމުން ކަމަށެވެ.
އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވަންއާ އެކު ބޭއްވި ބައްދަލުވުމެއްގައި ޕީއޭގެ ރައީސް އައްބާސް ވަނީ ޣައްޒާއަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތައް ހުއްޓުވަން ޖެހޭ ކަން ތަކުރާރުކުރައްވައިފަ އެވެ.
ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް (ސީއޭއައިއާރް) އިން ވަނީ ޣައްޒާގައި ހިނގަމުންދާ ކަންކަން ކިޔައިދިނުމުގައި ފަލަސްތީނުގެ ނޫސްވެރިން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުވާލާފައެވެ.
ގާހިރާގެ އެގްޒެކެޓިވް ޑިރެކްޓަރު ނިހާދު އަވާދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޣައްޒާގެ މިނިވަން ނޫސްވެރިންނަށް އަމާޒުކޮށް އެންމެ ފަހުގެ ހަނގުރާމައިގެ ޖަރީމާތައް ކުށްވެރިކުރާ ކަމަށާއި އެކަން ހުއްޓާލުމަށް ބައިޑަންގެ ސަރުކާރަށް ގޮވާލާ ކަމަށެވެ.
“ހުޅަނގުގެ ނޫސްވެރިންނަށް ޣައްޒާއަށް ރައްކާތެރިކަމާއެކު އަދި ގަވާއިދުން ވަނުމުގެ ފުރުސަތު ދިނުމަށް އިސްރާއީލު ސަރުކާރުން ދެކޮޅު ހަދާ، އިސްރާއީލު ސަރުކާރުގެ ހަނގުރާމައިގެ ޖަރީމާތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުން މިނިވަން ކަމާއެކު ރިޕޯޓް ކުރާ ހަމައެކަނި ވަސީލަތަކީ ވައިލް އަލް ދަހްދޫހު ފަދަ ލޯކަލް ނޫސްވެރިން.”
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޝަހީދުވި ނޫސްވެރިންގެ އައަދު 57 އަށް ވަނީ އަރާފަ އެވެ.



