- Advertisement -ad image

ކުކުޅަށް ދޭ އެންޓިބަޔޮޓިކް ޝޮޓްތަކުން އިންސާނުންގެ ސިއްހަތަށް ނުރައްކާވޭ؟

ad image

ގުޅުންހުރި ލިޔުންތައް


އިންޑިޔާގެ ބެންގާލް ސަރުކާރުގެ ވިންގަކުން އެހެން ޑިޕާޓްމަންޓަކަށް ފޮނުވި ސިޓީއެއްގައި، ކުކުޅަށް އެންޓިބަޔޮޓިކް އިންޖެކްޝަން ޖެހުމުގެ ނުރައްކާ ފާހަގަކޮށް، މިފަދަ ދޫނިތައް ކެއުމަށް ބޭނުންކުރާ އިންސާނުންގެ ހަށިގަނޑުގައި މަލްޓިޑްރަގް ރެސިސްޓެންޓް ބެކްޓީރިއާ އުފެދިދާނެ ކަމަށް ބުނެފި އެވެ.

ސީނިއާ ޑޮކްޓަރުން ވަނީ އިންޑިޔާގެ ހެލްތް ޑިޕާޓްމަންޓުން އެނިމަލް ހަސްބެންޑްރީ ޑިޕާޓްމަންޓަށް ފޮނުވި ސިޓީއަކީ ވަގުތުން ވަގުތަށް އަދި މުހިންމު ސިޓީއެއް ކަމަށް ވިދާޅުވެފަ އެވެ.

ފަހަކަށް އައިސް އިންސާނުންގެ ހަށިގަނޑުގައި 20 އަށް ވުރެ ގިނަ އެންޓިބަޔޮޓިކްސް އަށް ސީރިއަސް ރެސިސްޓެންސް އުފެދި، އޭގެ ނަތީޖާއެއްގެ ގޮތުން އުފެދޭ ބެކްޓީރިއަލް އިންފެކްޝަންތަކަކީ ބޮޑު މައްސަލައަކަށްވެ، އަދި ހޮސްޕިޓަލްތަކުގައި މަރުވާ ސަބަބެއްގެ ގޮތުގައި ވަނީ ފެންމަތިވެފަ އެވެ.

ގިނަ މީހުންނަށް އެންޓިބައޮޓިކްސްއިން އަސަރު ނުކުރުމަކީ އޭގެ މައިގަނޑު ސަބަބު ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި އެންޓިބަޔޮޓިކްސް އެކުލެވޭ ކުކުޅު ގަވާއިދުން ކެއުމަކީ އެންޓިބަޔޮޓިކް ބޭސް ގުޅަ ނުކެއި ކަމުގައި ވީނަމަވެސް، ހަށިގަނޑަށް އެންޓިބަޔޮޓިކްސް ލިބުމުގެ އެއް މަގަކަށް ވެދާނެ އެވެ.

ސެންޓާ ފޯ ސައިންސް އެންޑް އެންވަޔަރަންމަންޓް (ސީއެސްއީ) އިން ދާދި ފަހުން ކުރި ދިރާސާއެއްގައި ވަނީ ޓެސްޓު ކުރި ކުކުޅު ސާމްޕަލްތަކުގެ ފުރަމޭ، މަސް އަދި ކިޑްނީ ޓިޝޫތަކުން އެންޓިބަޔޮޓިކްސްގެ ބާވަތްތައް ފެނިފަ އެވެ. ސައިންސްވެރިން ހޯދި ހޯދުމުންވަނީ ވަނީ ކުކުޅުގައި އާންމުކޮށް ބޭނުންކުރާ ހަ އެންޓިބަޔޮޓިކްގެ ތެރެއިން ފާހަގަކޮށްލެވޭ ފަސް އެންޓިބަޔޮޓިކްސް ކުކުޅުގެ ހަށިގަނޑުން ފެނިފަ އެވެ.

އޭގެ ފަހުން ސީއެސްއީއިން ވަނީ 11 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރު އަދި ޕްރައިވެޓް ހޮސްޕިޓަލްތަކުގެ ސާވޭތައް ދިރާސާކުރިއިރު ވަނީ، ކުކުޅު ސާމްޕަލްތަކުން ފެނުނު އެންޓިބަޔޮޓިކްސް ކަމަށްވާ ސިޕްރޮފްލޮކްސަސިން، ޑޮކްސިސައިކްލިން އަދި ޓެޓްރާސައިކްލިންއާ ދެކޮޅަށް ވަރަށް ބޮޑަށް ރެސިސްޓެންސް ފެނިފަ އެވެ.

“ސެޕްސިސް، ނިއުމޯނިއާ އަދި ޓީބީ (ޓީބީ) ފަދަ ނުރައްކާތެރި ބަލިތަކަށް ފްލޫރޯކުއިނޯލޯންސް ބޭނުންކޮށްގެން ފަރުވާ ދިނުމަކީ އުނދަގޫ ކަމަކަށް ވަނީ މި ބަލިތައް ޖެހުމަށް މަގުފަހިވާ މައިކްރޯބްސްތައް ފްލޯރޯކުއިނޯލޯންސް އަށް ރެސިސްޓެންޓް ވަމުން ދާތީ،” ސީއެސްއީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ