- Advertisement -ad image

އައިސްލޭންޑްގެ އަލިފާން ފަރުބަދަ ގޮވައިފި

ad image

ގުޅުންހުރި ލިޔުންތައް

އައިސްލޭންޑްގެ ހުޅަނގު ދެކުނުގައި އަލިފާން ފަރުބަދައެއް ގޮވަން ފެށީ ލާވާ ފައުންޓޭންތައް ވައިގެ ތެރެއަށް ގެއްލި ގޮސް، ވެރިރަށް ރެކްޖާވިކްގެ މެދުގައި އުޑުމަތި އަލިވަމުން ދަނިކޮށެވެ.

ގާތްގަނޑަކަށް 2.5 މޭލު ދިގު އަދި ހަލުވިކަމާއެކު ބޮޑުވަމުން އަންނަ މި ފިޝަރު ހުރި ތަނަކީ ސްވާޓްސެންގީ އިންޖީނުގެ އާއި ގްރިންޑަވިކް އަވަށާ މާ ދުރު ނޫން ހިސާބެކެވެ.

ހޯމަ ދުވަހުގެ ރޭގެ އިބްތިދާއީ އެސެސްމަންޓުގައި ވޮލްކެނޮލޮޖިސްޓުން ބުނެފައި ވަނީ އަލިފާން ރޯވެފައި ވަނީ އެންމެ ނުރައްކާތެރި އެއް ސަރަހައްދުގައި ކަމަށާއި އެކަމުގެ ސަބަބުން އެ އަވަށަށާއި ޖިއޯތަމަލް ޕަވާޕްލާންޓަށް ވެސް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށެވެ.

ނަމަވެސް ރެކްޖަންސް ޕެނިންސިއުލާގައި އަލިފާން ރޯވި ސަރަހައްދުގެ މަތިން އުދުހުމުގެ ފުރުސަތު ވޮލްކަނޮލޮޖިސްޓުންނަށް ވަނީ ލިބިފަ އެވެ.  މި ހާލަތަކީ ފުރަތަމަ ހީކުރި ވަރަށް ވުރެ ނުރައްކާތެރި ހާލަތެއް ކަމަށް ނުފެނުނު ނަމަވެސް، ގޮވުމުގެ ސައިޒު ހީކުރި ވަރަށް ވުރެ ބޮޑުކަމަށް ވަނީ ބުނެފަ އެވެ.

“މިއީ މީގެ ކުރިން ރެކްޖާންސްގައި އުފެދުނު ގޮވުންތަކަށް ވުރެ ބޮޑު އެއްޗެއް،” ވޮލްކެނޮލޮޖިސްޓެއް ކަމަށްވާ އަދި ވައިގެ ތެރެއިން އެންމެ ފުރަތަމަ އަލިފާން ގަނޑު ފެނުނު މީހުންގެ ތެރޭގައި ހިމެނޭ މެގްނަސް ގުޑްމަންޑްސަން ވިދާޅުވެފަ އެވެ.

އައިސްލޭންޑްގެ މީޓިއޮރޮލޮޖިކަލް އޮފީހުގެ ވޮލްކަނިކް އެކްޓިވިޓީ ޑިޕާޓްމަންޓުގެ ވެރިޔާ ކްރިސްޓީން ޖޮންސްޑޮޓިއާ ވިދާޅުވި ގޮތުގައި ލާވާ މިހާރު ހިނގަމުން ދަނީ ގްރިންޑަވިކްގެ އުތުރުން 2.5 ކިލޯމީޓަރު ނުވަތަ 1.6 މޭލު ބޭރުންނެވެ.

ފުލުހުންގެ އޮފިޝަލެއް ކަމަށްވާ އުލްފާރު ލުޑްވިކްސަންވަނީ، ކިތަންމެ ބޮޑު ގޮވުމެއް އުފެދުނު ނަމަވެސް ގްރިންޑަވިކް އަވަށު ހުސްކުރުމާ އެކު، މިހާރު އެކަމުގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

އޮކްޓޯބަރު މަހުގެ ފަހުކޮޅުން ފެށިގެން އައިސްލެންޑަށް އެތައް ހާސް ބިންހެލުމެއް އައިސްފައިވާ ކަމަށް އައިސްލޭންޑްގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ގެތަކާއި މަގުތައް ހަލާކުވެ، ކަމާބެހޭ ފަރާތްތަކުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އަލިފާން ފަރުބަދަ ކައިރީގައި 3،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އަވަށެއް ކަމަށްވާ ގްރިންޑަވިކް ހުސްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ