- Advertisement -ad image

އިންޑިއާގެ 140 އަށް ވުރެ ގިނަ މެމްބަރުން ޕާލަމެންޓުން ސަސްޕެންޑްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ދާދި ފަހުން މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ ބްރީޗްވި ކަމަށް ބުނެ އިންޑިއާގެ ސަރުކާރާއި އިދިކޮޅު 140 އަށްވުރެ ގިނަ މެމްބަރުން ޕާލަމެންޓުން ސަސްޕެންޑްކޮށްފިއެވެ.

މި 141 މެމްބަރުން ސަސްޕެންޑް ކުރުމާއެކު ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ސަރުކާރަށް ވަނީ މިއީ ސީދާ ޑިމޮކްރަސީއަށް ދިން ހަމަލާއެއް ކަމަށް ތުހުމަތުކޮށްފަ އެވެ. ސަސްޕެންޑް ކުރީ މަޖިލީހުގައި “ހަމަނުޖެހުން” އުފެއްދި، ޕާލަމެންޓުގެ ތިރިގެއާއި މަތީ ގޭގައި ތިއްބެވި އިދިކޮޅު 11 ޕާޓީއެއްގެ 141 މެމްބަރުންނެވެ.

މީގެ ކުރިން ވެސް ބީޖޭޕީ ގެ ސަރުކާރުން އިދިކޮޅު މެމްބަރުން ސަސްޕެންޑްކޮށްފައިވާއިރު، މިއީ އިންޑިއާގެ ބަރުލަމާނީ ތާރީހުގައި ރެކޯޑް ކުރެވިފައިވާ އެންމެ ބޮޑު ސަސްޕެންޝަނެވެ. ހޯމަ ދުވަހު އެކަނިވެސް 78 މެމްބަރުން ސަސްޕެންޑްކޮށްފައިވާއިރު، މިއީ އެއް ދުވަހެއްގައި އެންމެ ގިނަ މެމްބަރުން ސަސްޕެންޑް ކުރި ދުވަހެވެ.

ވިންޓަރ ސެޝަންގެ ދައުރު އަންނަ ހުކުރު ދުވަހު ނިމެންދެން ގިނަ މެމްބަރުން ސަސްޕެންޑް ކުރާނެ އެވެ. ނަމަވެސް ބައެއް މައްސަލަތައް ނިންމާނީ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ކަމަށެވެ.

އިދިކޮޅު ނޭޝަނަލް ކޮންގްރެސް ޕާޓީގެ ކާތީ ޗިދަމްބަރުމް ވިދާޅުވީ ޕާލަމެންޓް “ނޯތު ކޮރެއާގެ އެސެމްބްލީއާ އެއްގޮތް” ކަމަށާއި އަދި އެ ޕާޓީގެ ރައީސް މަލިކާރްޖުން ޚަރްގޭ ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އިދިކޮޅު ޕާޓީތައް “ބިރުދެއްކުން” ކަމަށެވެ.

އިންޑިޔާގެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުރަސް އެޅި ކަމުގެ ތުހުމަތު ކުރެވެނީ ދާދި ފަހުން މަޖިލީހުގެ މެމްބަރުން ތިއްބަވަނިކޮށް މަޖިލީހުގެ ތިރިގެއަށް ވަދެ، ކުލަ ގަދަ، ވިހަ ނޫން ގޭހުގެ ކެނިސްޓާތައް ދޫކޮށްލި ހާދިސާއާ ގުޅިގެން އިހުތިޖާޖު ކުރުމުންނެވެ. ހައްޔަރުކުރި އެންމެން ވެސް ތިބީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާއި ވަޒީފާގެ ފުރުސަތުތައް ނެތުމުން އެކަމާ ރުޅި އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިދިކޮޅު މެމްބަރުން ގެންދަވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ހޯމް މިނިސްޓަރު އަމިތު ޝާހު އެކަމާ ގުޅޭ ގޮތުން މަޖިލީހުގައި ތަގުރީރު ކުރައްވައި މަޖިލީހުގައި ބަހުސް ކުރެއްވުމަށް ގޮވާލައްވަމުންނެވެ. ނަމަވެސް ބީޖޭޕީގެ ރައީސް ވަނީ ސެކިއުރިޓީ ބްރީޗްކުރުމަކީ ސަރުކާރުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ވިދާޅުވެ ބަހުސް ކުރިއަށް ގެންދަން ދެކޮޅު ހައްދަވާފަ އެވެ.

ހޯމަ ދުވަހާއި އަންގާރަ ދުވަހު އިދިކޮޅު ސިޔާސީ ގިނަ ބަޔަކު ސަސްޕެންޑްކުރީ ޕާލަމެންޓުގައި ބޯޑުތައް ކިޔުމާއި، ބައެއް މީހުން މޯދީގެ މޫނު ޖަހާފައިވާ ބޯޑުތައް ހިފައިގެން ކުރި މުޒާހަރާތަކުގައި ބައިވެރިވުމަށް ފަހު “ސީރިއަސް ހަމަލާތައް” ހިންގި ކަމުގެ ތުހުމަތުގަ އެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ އެފަދަ ބޯޑުތައް މަޖިލީހުގެ ގޯތިތެރޭގައި ބެހެއްޓުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.

ސަސްޕެންޑްކުރި މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ އިންޑިއަން ނޭޝަނަލް ޑިވެލޮޕްމަންޓް އިންކްލޫސިވް އެލަޔަންސްގެ ނަމުން ނަން ދީފައިވާ އާ އިދިކޮޅު ކޯލިޝަންގައި ހިމެނޭ މީހުންނެވެ. ގުޅިފައިވާ ޕާޓީތަކުން އަންގާރަ ދުވަހު ދިއްލީގައި ބޭއްވި ބައްދަލުވުމެއްގައި އެ ކޯލިޝަންގެ އިންތިހާބީ ސްޓްރެޓެޖީއާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

މޯދީ އަށާއި ބީޖޭޕީ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އިދިކޮޅު މެމްބަރު މަހުއާ މޮއިތުރާ ވަނީ މިދިޔަ މަހު ޕާލަމެންޓުން ބޭރުކޮށްފަ އެވެ. އެކަމަނާ މަގާމުން ވަކިކުރަން ލަފާދިން މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ އަކީ “ކެންގަރޫ ކޯޓެއް” ގެ ގޮތުގައި އެކަމަނާ ސިފަކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ