މީގެ 10 ހަފުތާ ކުރިން އިސްރާއީލުން ޣައްޒާއަށް ބޮން އަޅަން ފެށި ފަހުން މިހާތަނަށް 20،000 މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައިފި އެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ މަރުވި މީހުންގެ ތެރޭގައި 8،000 ކުޑަކުދިންނާއި 6،200 އަންހެނުން ހިމެނޭ ކަމަށެވެ.
ޣައްޒާއަށް އިންސާނީ އެހީތެރިކަން އިތުރުކުރުމުގެ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުން ނެގި މުހިންމު ވޯޓް ތިންވަނަ ފަހަރަށް ފަސް ކުރިއިރު،އދ.ގެ ފިޔަވަޅުތަކުން އިސްރާއީލު ހިމާޔަތްކުރާ އެމެރިކާއިން ވީޓޯ އެއް ނެގުނަ ނުދޭން ދަނީ މަސައްކަތް ކުރަމުންނެވެ.
މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ހަތް ދުވަހަށް ހަނގުރާމަ ރޫޅިގެން ދިޔަ ފަހުން، އަނެއްކާވެސް ހަމަލާތައް ވަރުގަދަކޮށް ސަރަހައްދުގެ އުތުރުބައިގައި ބިމުގެ ސަރަހައްދުގައި ހަނގުރާމަ ތައް ވަނީ ފެތުރިފަ އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވަނީ، ހަމަނުޖެހުން ތައް ކުރިއަށްދާނެކަން ވަރަށް ސާފުކަމަށާއި، އެއަށްވުރެ ދަށް އިންޓެންސިޓީ މަރުހަލާއަކަށް ދާން ޖެހޭ ކަމަށް ބުނެފަ އެވެ.
ޣައްޒާގެ އުތުރުގައި ހުންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާތަކުގައި 46 މީހުން މަރުވެ އެތައް ބަޔަކު ބަޔަކު ވަނީ ޒަހަމްވެފަ އެވެ.



