- Advertisement -ad image

އެއް މަސްތެރޭގައި މުޅި ދުނިޔޭގައި އަލަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 52 ޕަސެންޓް އިތުރުވެއްޖެ: ޑަބްލިއުއެޗްއޯ

ad image

ގުޅުންހުރި ލިޔުންތައް

ފާއިތުވި ހަތަރު ހަފުތާގެ ތެރޭގައި އަލަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 52 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި މި މުއްދަތުގެ ތެރޭގައި 850،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ނެރުނު އެންމެ ފަހުގެ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ 28 ދުވަހުގެ މުއްދަތާ އަޅާބަލާއިރު އަލަށް މަރުވި މީހުންގެ އަދަދު އަށް ޕަސެންޓް ދަށްވެފައިވާ ކަމަށާއި، އެގޮތުން މި މުއްދަތުގައި މަރުވެފައިވަނީ ތިން ހާހެއްހާ މީހުން ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19 ފެތުރެން ފެށި ފަހުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 772 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި، ގާތްގަނޑަކަށް ހަތް މިލިއަން މީހުން މަރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ޑަބްލިއުއެޗްއޯއިން ބުނީ ކޮވިޑް-19 ޖެހިގެން 118،000 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް، 1600 އަށް ވުރެ ގިނަ މީހުން އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ. އަދި މުޅި ދުނިޔޭގައި މި އަދަދު ޖުމްލަ 23 އިންސައްތަ އާއި 51 އިންސައްތަ އިތުރުވެފައިވާ ކަމަށް ވަނީ ބުނެފަ އެެވެ.

މިހާތަނަށް، ބީއޭ.2.86 އޮމިކްރޯން ވޭރިއަންޓްގެ ސަބް-ލީންޖް އެއް ކަމަށްވާ ޖޭއެން.1 އަކީ އޭގެ މައި ދަރިކޮޅު ބީއޭ.2.86 ފިޔަވައި ވަކި ވައްތަރެއްގެ އިންޓްރެސްޓް (ވީއޯއައި) އެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ފާއިތުވި ހަފުތާތަކުގައި އެ ވޭރިއަންޓް ހަލުވިކަމާއެކު ފެތުރެމުންދާތީ އެވެ. މުޅި ދުނިޔޭގައި ވެސް އީޖީ.5 އަކީ އެންމެ ގިނައިން ފެތުރޭ ވޭރިއަންޓެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ވޭރިއަންޓްގެ ސަބަބުން ޑަބްލިއުއެޗްއޯއިން ދަނީ ޖޭއެން.1 ވޭރިއަންޓް ބެލެނިވެރި ދަރިކޮޅުގެ ބީއޭ .2.86 ވަކި ވައްތަރެއްގެ އިންޓްރެސްޓް (ވީއޯއައި) ގެ ގޮތުގައި ގިންތި ކުރަމުންނެވެ. މީގެ ކުރިން ބީއޭ.2.86 ސަބްލީނޭޖްގެ ބައެއްގެ ގޮތުގައި ވަނީ ގިންތިކޮށްފަ އެވެ.

އަދި މިހާރު ބޭނުންކުރާ ވެކްސިންތަކަކީ ކޮވިޑް-19 އަށް މަގުފަހިވާ ވައިރަސް ކަމަށްވާ ޖޭއެން.1 އާއި ސާސް-ކޯވް-2 ގެ އެހެނިހެން ދައުރުވަމުންދާ ވޭރިއަންޓްތަކާއި ސީރިއަސް ބަލިތަކާއި މަރުތަކުން ރައްކާތެރިކޮށްދޭ ވެކްސިނެކެވެ.

ކޮވިޑް-19 އަކީ މިހާރު ފެތުރެމުންދާ ހަމައެކަނ ނޭވާލާ ނިޒާމުގެ ބައްޔެއް ނޫނެވެ. މީގެއިތުރުން އިންފްލުއެންޒާ، އާރްއެސްވީ އަދި ކޮމަން ޗައިލްޑްހުޑް ނިއުމޯނިއާ ވެސް ދަނީ އިތުރުވަމުންނެވެ.

ޑަބްލިއުއެޗްއޯއިން އިލްތިމާސްކުރަނީ ބަލިފެތުރުމާއި ސީރިއަސް ބަލިތަކުން ރައްކާތެރިވުމަށް ލިބެން ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ. އޭގެ ތެރޭގައި މީހުން ތޮއްޖެހި، ބަންދުކޮށްފައި ނުވަތަ ވައި ނުޖެހޭ ތަންތަނުގައި އުޅޭއިރު މާސްކު އެޅުމާއި، އެހެން މީހުންނާ ރައްކާތެރި ގައިދުރުކަން ބެހެއްޓުމާއި، ކެއްސުމާއި ކިނބިހި އޅާއިރު ނިވާކުރުން އާދަކުރުމާއި، ގަވާއިދުން އަތް ސާފުކުރުމާއި، އެއްވެސް އަލާމާތެއް ހުރިތޯ ނުވަތަ ކޮވިޑް-19 ނުވަތަ އިންފްލުއެންޒާ ޖެހިފައިވާ މީހަކާ ދިމާވެދާނެ ނަމަ ޓެސްޓު ކުރުން ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ