- Advertisement -ad image

ކުޑަކުދިންތަކެއް ގޭންގް ހަދައި “ޖިންސީ ގޯނާ ކުރި” މީހެއް މަރާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ޖިންސީ ގޯނާގެ ބަދަލު ހިފުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ދިއްލީގެ ނިޒާމުއްދީނުގައި ކުޑަ ކުއްޖަކާއި އޭނާގެ ދެ ރަހުމަތްތެރިން ވެގެން އުމުރުން 25 އަހަރުގެ ފިރިހެނަކަށް ހަމަލާދީ މަރާލައިފި އެވެ.

ދިއްލީ ފުލުހުން ބުނީ ނިޒާމުއްދީން ބަސްތީއަށް ނިސްބަތްވާ މި ކުދިން ވަނީ އެމީހާގެ މޫނުގައި ހިލައިން ތަޅާ، އޭނާގެ ހަށިގަނޑުގައި އަލިފާން ރޯކޮށް، ހެކި ނައްތާލާފަ އެވެ.

ފުލުހުން ބުނީ ހައްޔަރުކުރި 16 އަހަރުގެ ދެ ކުދިންނާއި 17 އަހަރުގެ ކުއްޖާވެސް އަޒާދު ނަމަކަށް ކިޔާ މީހަކު މަރާލާފައިވާކަމަށް އެއްބަސްވެފައިވާކަމަށާއި، އަދި އޭނާގެ ހަށިގަނޑު އޮތީ ޚުސްރޯ ޕާކުގައި ކަމަށެވެ. އެ ސަރަހައްދުން އެއްބައި އަނދާފައިވާ ހަށިގަނޑެއް ފެނިފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މި ތިން ކުދިންވެސް ވަނީ އާޒާދުއަކީ ނުބައި މީހެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި އެތަނުން އެއް ކުއްޖަކަށްއެކި ފަހަރު މަތިން ޖިންސީ ގޯނާކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެކަމާއި ގުޅިގެން ބުރާސްފަތި ދުވަހުގެ ރޭ 10:00 އެހާކަންހާއިރު އެ ތިން މީހުން ގޭންގް ހަދައި، ރޭޕިސްޓަށް އަނިޔާކޮށް މަރާލި އެވެ.

މި މައްސަލަ އިންޑިއާގެ ގާނޫނުލް އުގޫބާތުގެ ކަމާ ގުޅުންހުރި މާއްދާތަކުގެ ދަށުން ރަޖިސްޓްރީކޮށް އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ