- Advertisement -ad image

އިސްރާއީލުން ފަލަސްތީނުގެ ޝަހީދުވެފައިވާ މީހުންގެ ހަށިތަކުން ގުނަވަންތައް ވަގަށް ނަގާ: ޣައްޒާގެ އޮފިޝަލުން

ad image

ގުޅުންހުރި ލިޔުންތައް

ފަލަސްތީނުގައި ޝަހީދުވެފައިވާ މީހުންގެ ހަށިތައް އިސްރާއިލުން ވަގަށް ނަގާކަމަށް ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފި އެވެ.

މި ބަޔާނުގައި ވަނީ މިކަން ހާމަވެފައިވަނީ ތަހުލީލުކުރުމުން ހަށިތަކުގެ ސިފަތަކަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާތީ އެވެ. އަދި މިހެން ވަނީ ހަށިތަކުން މުހިންމު ގުނަވަންތައް ވަގަށް ނެގުމުގެ ސަބަބުންކަން އެނގިފައިވާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އަންގާރަ ދުވަހުގެ ފަތިހު އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެޤައުމުގެ އަސްކަރިއްޔާއިން ހިންގި އެއްގަމު އޮޕަރޭޝަންގައި ހައްޔަރުކުރި ފަލަސްތީނުގެ ގިނަ ބައެއްގެ  ޝަހީދުކޮށްލާފައިވާ ހަށިތައް ދޫކޮށްލާފައެވެ.

“އިސްރޭލް ސިފައިން ސިފައިން ވަނީ ނުދަންނަ ހަށިތަކެއް ހަވާލުކޮށް، މި ޝަހީދުންގެ ނަންތައް ހާމަކުރަން ދެކޮޅު ހަދާފައި. އަދި އެ ހަށިތައް ވަގަށް ނެގީ ކޮން ތަނަކުން ކަމެއް ވެސް ހާމަކުރަން ދެކޮޅު ހެދި،” ބަޔާނުގައިވެ އެވެ.

އެ އޮފީހުން ވަނީ ޣައްޒާގައި ހަރަކާތްތެރިވާ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާތައް، އިސްރޭލުން ހިންގާ މިފަދަ ލާއިންސާނީ ޖަރީމާތަކާ މެދު ހިމޭނުން ތިބޭތީ އެކަމާ ފާޑުކިޔާފަ އެވެ.

މި ތުހުމަތުތަކާ ގުޅިގެން އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ޖެނީވާގެ ޖަމިއްޔާއެއް ކަމަށްވާ ޔޫރޯ މެޑް މޮނިޓަރުން ވެސް ވަނީ އިސްރޭލުން ގުނަވަންތައް ވަގަށް ނެގި ކަމަށް ޝައްކު ކުރެވޭ މައްސަލައިގެ މިނިވަން ބައިނަލްއަގުވާމީ ތަހުގީގީ ކޮމިޓީއެއް އުފައްދަން ގޮވާލައިފަ އެވެ.

ޔޫރޯ މެޑް މޮނިޓަރުން އިތުރަށް ބުނީ އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ މީގެ 10 ވަރަކަށް ދުވަސް ކުރިން އަލްޝިފާ މެޑިކަލް ކޮމްޕްލެކްސްގެ ގޯތިތެރޭގައި ގާއިމުކުރި ބޮޑު ގަބުރުސްތާނުން ހަށިތައް ވަޅުލުން ހުއްޓުވާފައި ކަމަށެވެ.

އަދި އެމެރިކާގެ ސީއެންއެން ނެޓްވޯކުން 2008 ވަނަ އަހަރު ކުރި ތަހުގީގަށް ބަލާއިރުވެސް ގަވައިދާ ހިލާފަށް ވިއްކާާ އިންސާނީ ގުނަވަންތަކުގެ ދުނިޔޭގެ ވިޔަފާރީގެ އެންމެ ބޮޑު ހަބަކީ އިސްރާއީލު ކަމަށް ބެލެވޭ އިރު، ފަލަސްތީނުގެ މަރުވެފައިވާ މީހުންގެ ގުނަވަންތައް ގަވައިދާ ހިލާފަށް ބޭނުން ކުރުމަށް ޓަކައި ވަގަށް ނެގުމުގައި އިސްރާއީލުން ބައިވެރިވިކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ