ދެކުނު އެފްރިކާއިން ޣައްޒާގައި ހަމާސް ޖަމާއަތާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އިސްރާއީލުން ހިންގާ ޖަރީމާތަކުގެ މައްސަލައިގެ ޝަރީއަތް ފެށުމަށް ބައިނަލްއަގުވާމީ ކޯޓަށް ހުށަހަޅައިފި އެވެ.
ސައުތު އެފްރިކާއިން އިސްރާއީލުގެ އެޕްލިކޭޝަންގައި “ޖެނޯސައިޑް ކޮންވެންޝަންގެ ދަށުން އިސްރާއީލުން ހަނގުރާމައިގެ ގަވާއިދުތަކާއި ޚިލާފު ކަމަށް ތުހުމަތުކޮށް، އިސްރާއީލުން ހިންގާ ޢަމަލުތަކަކ ީޣައްޒާގައި ތިބި ފަލަސްތީނު މީހުން ހަލާކުކޮށްލަން ހިންގާ ކަންކަން ކަމަށް އައިސީޖޭއިން ބުންޏެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޣައްޒާގައި 21،507 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާކަމަށް ބުނެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އދ.ގެ ޓެންޓްތަކުގައި ހިޔާވަހިކަން ހޯދަމުން ދިޔަ 308 މީހުން ހިމެނޭ ކަމަށް ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް އިން ބުނެއެވެ.
ދެކުނު އެފްރިކާއިން ދުނިޔޭގެ ކޯޓަށް ހުށަހެޅި ވާހަކަތަކާއި އެޕްލިކޭޝަން އިޒްރޭލުން ވަނީ ދޮގުކޮށްފަ އެވެ. އަދި އެގައުމުގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ވަނީ ދެކުނު އެފްރިކާއިން “ގޮވާލަނީ އިސްރާއީލު ދައުލަތް ހަލާކުކޮށްލަން ކަމަށް” ތުހުމަތުކޮށްފަ އެވެ.
“އިސްރާއީލުން ބައިނަލްއަގްވާމީ ގާނޫނުތަކަށް އަހުލުވެރިވެ، އެއާ އެއްގޮތަށް އަމަލުތައް ހިންގަމުންދާ ކަމަށާއި، އަސްކަރީ މަސައްކަތްތައް ހިންގަނީ ހަމައެކަނި ހަމާސްގެ ޓެރަރިސްޓް ޖަމާއަތާއި ހަމާސް އަށް އެއްބާރުލުން ދޭ އެހެން ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް،” އެ އިސްރާއިލުން ނެރުނު ބަޔާނުގައި ބުނެފައި ވެ އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސްއިން ދިން ހަމަލާއަށް ފަހު، އިސްރާއީލުން ޣައްޒާއަށް ވައިގެ މަގުން ބޮން އެޅުމާއި އެއްގަމު މަގުން އަރައިގަތުމުގެ ސަބަބުން ޣައްޒާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެހީދޭ ޖަމާޢަތްތަކާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ނުރުހުން ވަނީ އަމާޒުވެފައެވެ.
އެމެރިކާގެ އިންޓެލިޖެންސް އެސެސްމަންޓުން ދައްކާ ގޮތުގައި ހަމާސްއާ ދެކޮޅަށް އިސްރާއީލުން ޣައްޒާގައި ކުރާ ހަނގުރާމައިގައި އިސްރާއީލުން ބޭނުންކުރާ ވައިގެ މަގުންނާއި، އެއްގަމު އުޅަނދުތަކުގެ ދެބައިކުޅަ އެއްބަޔަކީ ބާރުގަދަ ހަތިޔާރުތަކެކެވެ. ގަވާއިދާ ހިލާފަށް ބޭނުންކުރާ މި ހަތިޔާރުތަކަކީ އާންމުގޮތެއްގައި ވަރަށް ސީދާ ކޮށް ބޭނުންކުރާ ހަތިޔާރުތަކެއް ކަމަށާއި އެކަމުގެ ސަބަބުން އާންމުންނަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
ސީއެންއެން އާއި އާޓިފިޝަލް އިންޓެލިޖެންސް ކުންފުންޏެއް ކަމަށްވާ ސިންތެޓައިކްގެ އެނަލިސިސްއިން ދައްކާ ގޮތުގައި ޣައްޒާގައި ބޭނުންކުރާ ގިނަ ބޮންތަކަކީ 1000 ފޫޓުގެ ދުރުމިނުގައި ތިބޭ މީހުންގެ ވެސްފުރާނައަށް ނުރައްކާވާ ފަދަ ވެސް ބާރުގަދަ ބޮންތަކެކެވެ.
ސައުތު އެފްރިކާއިން މިކަމަށް އެދިފައިވަނީ ޣައްޒާގެ ދެކުނުގައި އިސްރާއީލުން ހިންގަމުންދާ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރަމުން އަންނަ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.



