- Advertisement -ad image

މަތިންދާ ބޯޓެއް ބްރިޖެއްގެ ދަށުގައި ތާށިވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

އުވާލި ކުރީގެ އެއާ އިންޑިއާގެ އެއާބަސް އޭ320 މަތިންދާ ބޯޓެއް އިންޑިއާގެ ބްރިޖެއްގެ ދަށުގައި ތާށިވެއްޖެ އެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި މި ހާދިސާ ހިނގާފައިވަނީ ދާދި ފަހުން ވިޔަފާރިވެރިއަކު ނީލަމުގައި ގަނެ އޭނާގެ ގެޔަށް ގެންދަން އުޅެނިކޮށެވެ. މުމްބާއީ އިން އައްސާމަށް މި މަތިންދާ ބޯޓު ބަދަލުކުރަން ނިންމީ، އެ ގެ އެއާކްރާފްޓް ތީމްގެ ރެސްޓޯރެންޓަކަށް ބަދަލުކުރަން ވެގެންނެވެ.

އެގޮތުން އިއްޔެ ބޮޑު ޓްރަކެއްގައި މަތިންދާބޯޓު އުފުލަމުން ދަނިކޮށް މި ބޯޓުވަނީ މޮތިހާރީގެ ޕިޕްރަކޮތީ ބްރިޖުގެ ދަށުގައި ތާށިވެފަ އެވެ. ބްރިޖުގެ ދަށުން މަތިންދާބޯޓެއް ގެންދާ މަންޒަރު ބަލަން އެެތަނަށް އެވަގުތު ވަނީ ގިނަ ބަޔަކު އެއްވެފަ އެވެ.

ހަބަރުތަކުން ބުނާގޮތުގައ އެބޯޓު ބުރިޖް ދަށުން ނެރުމަށްފަހު މިހާރު ދަނީ އާސާމާ ދިމާލަށް ދަތުރު ކުރަމުންނެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގެ ބްރިޖެއްގެ ދަށުގައި 2021 ވަނަ އަހަރު އެއާ އިންޑިއާގެ އިތުރު މަތިންދާ ބޯޓެއް ވެސް ތާށިވި އެވެ. އޭރުވެސް އެއާ އިންޑިއާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއޯ ވިއްކާލާފައިވާ އެއާ އިންޑިއާގެ ރަޖިސްޓްރީ ނުކުރާ މަތިންދާ ބޯޓެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ބ.އަތޮޅު މީހުން ކިޔާއުޅޭ އަޑުއަހަން “ ނެއްލުމަށް “، ރަގަޅު ގޮތަކީ
    “ ނެރެލުމަށްފަހު “
    ނޫހުގައި ލިޔާއިރު ނޫސްކިޔާމީހުންނަށް ވިސްނައިގެން ލިޔަން ވާނީ
    އާނމު ބަސްބަހުން ލިޔެގެން

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ