- Advertisement -ad image

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީ އަރަން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

ޖަޕާނުގެ މެދުތެރެއަށް މިއަދު 7.6 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފި އެވެ.

މި ބިންހެލުންތައް އައީ ޖަޕާނުގެ ގަޑިން ހަވީރު 4:00 (ޔޫކޭ ގަޑިން ހެނދުނު 7:00) ހާއިރުއެވެ. މި ބިންހެލުމާއި ގުޅިގެން ޖަޕާނުގެ މެދުތެރޭގެ އުތުރު އައްސޭރިފަށަށް އެއް މީޓަރަށް ވުރެ އުސް ފުރަތަމަ ސުނާމީ ރާޅުތައް ވަނީ އަރަން ފަށާފަ އެވެ.

އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ އިޝިކާވާ ޕްރިފެކްޗާގެ ވަޖިމާ ބަނދަރަށް ފުރަތަމަ ބޮޑު ރާޅު އަރާފައިވަނީ އެ ޤައުމުގެ ގަޑިން ހަވީރު 4:21 ގައި ކަމަށާއި ކުރިއަށް އޮތް މިނެޓާއި ގަޑިތަކުގައި އިތުރު ގިނަ ރާޅުތަކެއް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އިޝިކާވާއަށް ސުނާމީގެ ބޮޑު އިންޒާރެއްގެ އިތުރުން ހޮންޝޫގެ ހުޅަނގު އައްސޭރިފަށުގެ އެހެން ހިސާބުތަކަށް ތިރި ފެންވަރުގެ ސުނާމީ އެލާޓް ނުވަތަ އެޑްވައިޒަރީތައް ވެސް ނެރެފައިވެ އެވެ.

އެ ޤައުމަށް އަންނަ ބިންހެލުންތަކުގެ ތެރެއިން ބާރުގަދ ކަމަށް ރެކޯޑު ކުރެވިފައިވާަ މި ބިންހެލުމުގެ ސަބަބުން ބްރޯޑްކާސްޓަރުން ވަނީ ކުއްލި ހާލަތަށް ބަދަލުވެ ހާލުގައި ޖެހިފައިވާ މީހުން އުސް ބިންމައްޗަށް ނުކުތުމަށް ގޮވާލާފަ އެވެ.

ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓަރު އެންއެޗްކޭ ޓީވީއިން ވަނީ ބިންހެލުމުގެ ސަބަބުން ފެން ކޯރުތައް 16.5 ފޫޓު (5 މީޓަރު) އަށް އަރާނެ ކަމުގެ އިންޒާރު ދީ، އުސް ބިމަށް ނުވަތަ ކައިރީގައި ހުރި އިމާރާތްތަކުގެ އެންމެ މައްޗަށް ދިއުމަށް އިލްތިމާސްކޮށްފަ އެވެ.

.ޖަޕާނު ކަނޑުގެ އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކަށް ގާތްގަނޑަކަށް 3 ފޫޓް (1 މީޓަރު) އުސް ސުނާމީއެއް އަރާފައިވާއިރު، އެއަށްވުރެ ބޮޑު ރާޅެއް އަރާނެ ކަމަށް ބެލެވެއެވެ. އަދި ޖަޕާނުގެ ހުޅަނގު އައްސޭރިފަށުގެ ނިގާޓާ އާއި އެހެނިހެން ޕްރިފެކްޗާތަކަށް ގާތްގަނޑަކަށް 10 ފޫޓް (3 މީޓަރު) ގެ ސުނާމީއެއް އަރާނެ ކަމަށް ބެލެވެ އެވެ.

މި ބިންހެލުމުގެ ސަބަބުން ރަޝިއާގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ވުޒާރާއިން ވެސް ވަނީ ރަޝިއާގެ ޕެސިފިކް ސީބޯޑުގައި ޖަޕާނާ ކައިރީގައި އޮންނަ ހުޅަނގު އައްސޭރިފަށުގެ ސަޚާލިން އައިލެންޑުގެ ބައެއް ސަރަހައްދުތަކަށް ވެސް ސުނާމީގެ ނުރައްކާ އެބައޮތް ކަމަށާއި އެ ސަރަހައްދުގެ އާބާދީ ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

ޖަޕާނުގައި އިމާރާތްތަކަށް ބާރުގަދަ ބިންހެލުމަކާ ކުރިމަތިލެވޭގޮތަށް އިމާރާތްކުރުމުގެ ހަރުކަށި ގަވާއިދުތަކެއް ހަދާފައިވާއިރު، ބޮޑު ބިންހެލުމަކަށް ތައްޔާރުވުމުގެ ގޮތުން އާންމުކޮށް އިމަޖެންސީ ޑްރިލްތައް ބާއްވަ އެވެ.

ނަމަވެސް 2011 ވަނަ އަހަރުގެ މާޗް މަހު ޖަޕާނުގެ އިރުއުތުރުން 9.0 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ސުނާމީއެއް އައިސް 18،500 އެއްހާ މީހުން މަރުވެ ނުވަތަ ގެއްލުނު ހަނދާންތަކާ އެކު އެ ގައުމު ވަނީ ހާސްވެފަ އެވެ.

2011 ވަނަ އަހަރުގެ ސުނާމީ ކާރިސާގެ ސަބަބުން ފުކުޝީމާ ނިއުކްލިއާ ޕްލާންޓްގައި ތިން ރިއެކްޓަރެއް ވެސް މެލްޑައުންއަށް ވެއްޓި، މި ކާރިސާ ވެފައިވަނީ ޖަޕާނަށް ހަނގުރާމައަށް ފަހު ކުރިމަތިވި އެންމެ ބޮޑު ކާރިސާ އާއި ޗެރްނޯބިލް އަށް ފަހު ހިނގި އެންމެ ނުރައްކާތެރި ނިއުކްލިއާ އެކްސިޑެންޓެވެ.

2022 ވަނަ އަހަރުގެ މާޗް މަހު ފުކުޝީމާގެ އައްސޭރިފަށަށް އައި 7.4 މެގްނިޓިއުޑްގެ ބިންހެލުމުގައި ޖަޕާނުގެ އިރުމަތީގެ ބޮޑު ސަރަހައްދަކަށް ބިންހެލުމެއް އައިސް ތިން މީހަކު ވަނީ މަރުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ