- Advertisement -ad image

ޖަޕާނުން ސުނާމީގެ އިންޒާރު އުވާލި ނަމަވެސް ބިންހެލުމުގައި ލިބުނު ގެއްލުން ބޮޑު!

ad image

ގުޅުންހުރި ލިޔުންތައް

އާ އަހަރާ ދިމާކޮށް ޖަޕާނުގެ މެދުތެރޭގެ އައްސޭރިފަށަށް އައި ބާރުގަދަ ބިންހެލުމުގައި 20 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ ވިދާޅުވެއްޖެ އެވެ.

އިޝިކާވާ ޕްރިފެކްޗާގެ ނޯޓޯ ޕެނިންސިއުލާ ކައިރީގައި ހޯމަ ދުވަހުގެ މެންދުރު ފަހު 7.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާ އެކު ވަނީ ބޮޑު ސުނާމީއެއް އަރާނެކަމުގެ އިންޒާރު ދީފަ އެވެ. މިއީ 2011 ވަނަ އަހަރުގެ މާޗް މަހު އައި ބިންހެލުމާއި ސުނާމީގެ ސަބަބުން އިރުއުތުރުން ގާތްގަނޑަކަށް 18،500 މީހުން މަރުވެ، ގެއްލުނު ފަހުން އެ ގައުމަށް ސުނާމީއެއްގެ އިންޒާރު ދިން ފުރަތަމަ ފަހަރެވެ. .

މިއަދު ވާހަކަ ދައްކަވަމުން ކިޝިދާ ވިދާޅުވީ ބިންހެލުމުގެ ސަބަބުން އިމާރާތްތައް ވެއްޓި އަލިފާން ރޯވެ، “ބޮޑެތި ގެއްލުންތަކެއް” ލިބިފައިވާކަމަށެވެ. މި ކާރިސާގައި މަރުވި މީހުންގެ އަދަދު “ގިނަ” ކަމަށާއި، މިއީ ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމަށް “ވަގުތާ ދެކޮޅަށް ކުރާ ރޭހަކަށް” ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުނާމީގެ އިންޒާރު ފަހުން ދަށްކުރި ނަމަވެސް މިއަދު ހެނދުނު ވަނީ އުވާލާފައެވެ.

ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އޮފީހުން ބުނީ މިދިޔަ ހޯމަ ދުވަހު ޖަޕާނަށް އައި ބިންހެލުމުގެ ފަހުން މިހާތަނަށް 155 ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.

ވަޖީމާއަށް 1.2 މީޓަރު (4 ފޫޓު) ގެ ސުނާމީއެއް އައިސްފައިވާއިރު، ބަނދަރުގައި ހަތް ބުރީގެ އިމާރާތެއް ވެއްޓި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ލިބުނު މަންޒަރު ވީޑިޔޯތަކުން ފެނެއެވެ.

މި ކާރިސާއާ ގުޅިގެން ޤައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ތިބި ކަމަށް ބުނެފަ އެވެ.

“ގާތް އެކުވެރިންގެ ހައިސިއްޔަތުން އެމެރިކާ އާއި ޖަޕާނާ ދެމެދު އޮންނަނީ ވަރަށް ގާތް ރަހުމަތްތެރިކަމުގެ ގުޅުމެއް ކަމަށާއި އެއީ ރައްޔިތުން އެއްބައިވަންތަ ކޮށްދޭ ގުޅުމެއް ކަމަށެވެ. މި ދަތި ދަނޑިވަޅުގައި އަޅުގަނޑުމެންގެ ވިސްނުން ހުރީ ޖަޕާނުގެ ރައްޔިތުންނާ އެކުގައި،” އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ