- Advertisement -ad image

ރަޝިޔާއިން ޔޫކްރެއިންގެ އިރުމަތީ އަވަށަކަށް ދިން ހަމަލާތަކުގައި 11 މީހުން މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ޔޫކްރެއިންގެ ޑޮނެޓްސްކް ސަރަހައްދަށް ހޮނިހިރު ދުވަހު ރަޝިޔާއިން ދިން އެސް-300 މިސައިލް ހަމަލާތަކުގައި ފަސް ކުޑަކުދިންނާއެކު ޖުމްލަ 11 މީހަކު މަރުވެފައިވާ ކަމަށް އެގައުމުގެ އަސްކަރީ އިދާރާއިން ބުނެފިއެވެ.

“ފަސް ކުޑަކުދިންނާއެކު 11 މީހަކު ވަނީ މަރުވެފަ. މިއީ ޕޮކްރޮވްސްކް ޑިސްޓްރިކްޓަށް ދިން ހަމަލާތަކުގެ އިބްތިދާއީ ނަތީޖާ. ރަޝިޔާއިން އެ ސަރަހައްދަށް އެސް-300 މިސައިލުން ހަމަލާދީ 11 މީހުން މަރާލާ، އަށް މީހަކު ޒަހަމްކޮށްލި.. އެންމެ ބޮޑު ގެއްލުމެއް ލިބުނީ މިރްނޯހަރަޑް ކޮމިއުނިޓީގެ ޕޮކްރޮވްސްކް އާއި ރިވްނޭއަށް،” ޑޮނެޓްސްކް ސަރަހައްދުގެ އަސްކަރީ އެޑްމިނިސްޓްރޭޝަންގެ ވެރިޔާ ވަޑިމް ފިލަޝްކިން ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

އޮފިޝަލް އާންމުކުރެއްވި ފޮޓޯތަކުން ފެންނަ ގޮތުގައި ރެސްކިއު ވޯކަރުން ދަނީ ސިންގަލް ސްޓޯރީ ގެތަކުގެ ކުނިތަކުގެ ތެރެއިންނާއި  ގޮއްވާލި ކާރެއްގެ ތެރެއިން މީހުން ހޯދަމުންނެވެ. އެސްއީއެސް އިން ބުނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކުނިތަކުގެ ތެރެއިން 1 މީހަކު ސަލާމަތްކުރެވިފައިވާ ކަމަށެވެ. 

ޑޮނެސްކް އަކީ އިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި އޮތް އަވަށަށް ވާއިރު، މި ސަރަހައްދު އޮތީ ރަޝިއާ ސިފައިންގެ ބާރުގެ ދަށުގަ އެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ