- Advertisement -ad image

އެމެރިކާގެ އަސްކަރިއްޔާއިން ޔަމަނަށް ދެވަނަ މިސައިލް ހަމަލާދީފި

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: މަރްޔަމް އަދީލާ

އެމެރިކާގެ އަސްކަރިއްޔާއިން ޔަމަނުގައި ހުންނަ ހޫތީ ރާޑަރު ސައިޓަކަށް މިސައިލް ހަމަލާއެއްދީފައިވާކަމަށް އެއްބަސްވެއްޖެ އެވެ.

މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންގެ ޒިންމާ އަދާކުރާ އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ޔޫއެސް ކާނީއިން ރާޑަރު ސައިޓަށް ޓޯމަހޯކް މިސައިލް ފޮނުވާލާފައިވާ ކަމަށެވެ.

ސެންޓްކޮމް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މި ހަމަލާއަކީ ބުރާސްފަތި ދުވަހުގެ ރޭ އެމެރިކާ އާއި އިނގިރޭސިވިލާތް ގުޅިގެން އުފައްދާފައިވާ މިސައިލް ބެރޭޖްތަކުން ދިން “ފޮލޯއޮން އެކްޝަން” އެއް ކަމަށާއި އެއީ ޔަމަނުގެ އެކި ކަންކޮޅުތަކުގައި ހޫތީންގެ އަސްކަރީ ތަންތަނަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

ހޫތީންގެ އޮފިޝަލުން ވަނީ ހަމަލާތައް ދިން ފުރަތަމަ ރޭ އެތައް ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ. ރޭގެ ވަގުތެއްގައި ދިން ހަމަލާގައި  އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމެއް އަދި ނޭނގެ އެވެ.

އެމެރިކާއިން ހަމަލާދިން ސައިޓްތަކުގެ ތެރޭގައި ހޫތީ ހަތިޔާރު ޑިޕޯތަކާއި ލޯންޗް ސައިޓްތަކާއި އެއާ ޑިފެންސް ރާޑަރުތަކާއި “ކޮމާންޑް އެންޑް ކޮންޓްރޯލް ނޯޑްސް” އަދި “ޕްރޮޑަކްޝަން ފެސިލިޓީސް” ހިމެނެއެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނާ އެއްބައިވަންތަވުމުގެ ގޮތުން އިސްރާއީލާ ގުޅުން ހުރި އުޅަނދުފަހަރާއި ރަތް ކަނޑުގައި ހުންނަ އިސްރާއީލުގެ ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދެމުން ގެންދާނެ ކަމަށް ހޫތީ ހަނގުރާމަވެރިން ބުނެފިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ