- Advertisement -ad image

ކޮލަމްބިއާގައި ބިންގަނޑު ކަނޑައިގެން ގޮސް އެތައް ބަޔަކު މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ކޮލަމްބިއާގެ ހުޅަނގު އުތުރަށް ކުރަމުންދާ ވިއްސާރައިގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 33 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

“އެކްސް”ގައި ހޮނިހިރު ދުވަހު އެ ޤައުމުގެ ނައިބު ރައީސް ފްރާންސިއާ މާކޭޒް ލިޔުއްވާފައިވާ ގޮތުގައި މި ހިތާމަވެރި ހާދިސާގައި 33 މީހުން ވަނީ މަރުވެފަ އެވެ. އަދި އޭގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

“މިދަނޑިވަޅުގައި ތާށިވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ތައް ކުރިއަށް އެބަދޭ،” ފްރާންސިއާ ވިދާޅުވި އެވެ.

ހުކުރު ދުވަހުގެ މެންދުރު ހިނގި މި ބިންހެލުމުގައި ޕެސިފިކް ޕްރޮވިންސްގެ ކުއިބްޑޯ އާއި މެޑެލިން ސިޓީތައް ގުޅުވައިދޭ މަގެއް ޗަކައިގެ ސަބަބުން ގެއްލިފައިވާކަމަށް ކަމަށް އޮފިޝަލުން ބުނެއެވެ.

ބިޒީ ހައިވޭއެއްގައި ވެސް އެތައް ބަޔަކު ޒަހަމްވެފައިވާއިރު، މަގުމަތީގައި ހުރި ބައެއް ކާރުތަކަށް މަޑި އެރުމުގެ ސަބަބުން ބައެއް މީހުންގެ ހަށިތައް ވަނީ ގެއްލިފަ އެވެ. އަދި ކޮލަމްބިއާ ފުލުހުންގެ ހާއްސަ ރެސްކިއު ގްރޫޕަކުން ވަނީ މީހުން ސަލާމަތްކޮށް، ގެއްލުނު ހަށިތައް ހޮނިހިރު ދުވަހު ހޯދާފަ އެވެ.

ޕެސިފިކް ކަނޑުގައި އަދި ބޮޑު ޓްރޮޕިކަލް ޖަންގައްޔެއްގެ މެދުގައި އޮންނަ ޗޯކޯގެ ބިންގަނޑު ކަނޑައިގެން ދިޔައީ 24 ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުންނެވެ.

2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކޮލަމްބިއާގެ އެއް ސަރަހައްދެއްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 27 މީހުން މަރުވެ، ބަހަކާއި އެހެނިހެން ވެހިކަލްތަކުގައި މީހުން ތާށިވި އެވެ.

ކޮލަމްބިއާގެ ބޮޑު ބަޔަކަށް ހިރަފުހުގެ އުނދަގޫޖެހިފައިވާއިރު، އިންސްޓިޓިއުޓް އޮފް ހައިޑްރޯލޮޖީ، މީޓިއޮރޮލޮޖީ އެންޑް އެންވަޔަރަމެންޓަލް ސްޓަޑީޒް އިން ވަނީ އެމެޒޯން އާއި ޕެސިފިކް ސަރަހައްދުގެ ބޯޑަރުގައި އޮންނަ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހުމުގެ ފުރުސަތު އޮންނާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ