Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި އިސްރާއީލުގެ ދެ މީހަކު ވަނީ މަރުވެފަ: ހަމާސް

ad image

ގުޅުންހުރި ލިޔުންތައް

އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި މަރުވިކަމަށް ބުނާ އިސްރާއީލުގެ ދެ މީހެއްގެ ހަށިގަނޑު ފެންނަ ވީޑިއޯއެއް ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ހަތިޔާރު އެޅި ގޮފިން އާންމުކޮށްފި އެވެ.

ކަސާމް ބްރިގޭޑްސް އިން މިއަދު އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި އިޒްރޭލުގެ ތިން މީހަކު ކެމެރާއާ ވާހަކަ ދައްކަނީ މަޖުބޫރުކޮށްގެން ކަމަށް ބެލެވެ އެވެ.

ސައްހަ ނޫން ވީޑިއޯގެ ފުރަތަމަ ބައިގައި އިޒްރޭލުގެ މީޑިއާތަކުން ފާހަގަކޮށްފައިވާ އަންހެން ބަންދުވެރިޔަކީ ނޯއާ އަރްގަމާނީ، 26، އާއި ދެ ފިރިހެން ގައިދީން ޣައްޒާއަށް ދިން ހަމަލާ ހުއްޓާލުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގޮވާލާ ކަމަށް ހަތިޔާރު އެޅި ޖަމާއަތުން ދިން ތަރުޖަމާއެއްގައި ވެ އެވެ.

ދެވަނަ ބައިގައި އަރްގަމާނީ ބުނެފައިވަނީ ހައްޔަރުކުރި ދެ މީހުން މަރުވީ “އަހަރެމެންގެ އަމިއްލަ [އިސްރާއީލުގެ] ވައިގެ ހަމަލާތަކުގެ ސަބަބުން” ކަމަށެވެ. ވީޑިއޯ ނިންމާލަނީ ބަންދުގައި ތިބި ދެ މީހުންގެ މަރުވެފައިވާ ހަށިތައް ފެންނަ ގޮތަށެވެ. ނަމަވެސް އެ ވީޑިއޯ ނެގީ ކޮން އިރަކު ކަމެއް ސާފެއް ނުވެ އެވެ.

އެ ވީޑިއޯއާ އެކު ކަސާމް ބްރިގޭޑުން ނެރުނު ބަޔާނެއްގައި ބުނީ އެ ދެ މީހުން މަރުވެފައި ވަނީ “ޒަޔަނިސްޓް އަސްކަރިއްޔާގެ ބޮމުގެ ހަމަލާގައި” ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއަލް ހަގާރީ ވަނީ ހަމާސްގެ އެންމެ ފަހުގެ ވީޑިއޯގައި ރަހީނުކުރި އިޓޭ ސްވިރްސްކީ އަކީ އެ މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ފާހަގަކޮށްފައިވީ ނަމަވެސް އާއިލާގެ އެދުމުގެ މަތިން ދެވަނަ މީހާއާ ބެހޭ ނަމެއް ނުވަތަ އެހެނިހެން ތަފްސީލެއް ނުދެއެވެ.

“އިޓޭ އަށް ބަޑި ޖެހީ އަހަރެމެންގެ ސިފައިންނެއް ނޫން. އެއީ ހަމާސްއިން ހެދި ދޮގެއް. އެމީހުން ހިފަހައްޓާފައި ހުރި އިމާރާތަކީ ޓާގެޓެއް ނޫން، އަޅުގަނޑުމެންގެ ސިފައިން އެ އިމާރާތަށް ހަމަލާއެއް ދީފައެއް ނުވޭ.”

ހަމާސް އިން މީގެ ކުރިން އާދީއްތަ ދުވަހު ވަނީ އެ ތިން މީހުން ދިރިތިބި މަންޒަރު ފެންނަ އިތުރު ވީޑިއޯއެއް އާންމުކޮށްފަ އެވެ.

އިސްރާއީލުގެ ކަމާބެހޭ އިދާރާތަކުން ބުނީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުގެ ދެކުނުގައި ފަލަސްތީނު ޖަމާއަތުން ދިން ހަމަލާގައި ގާތްގަނޑަކަށް 240 އެއްހާ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އިޒްރޭލުން އެ ހަމަލާއަށް ރައްދު ދީފައިވަނީ ޣައްޒާއަށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާތަކާއި އެއްގަމު މަގުން ހަމަލާދީ 24،100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލުމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ