- Advertisement -ad image

ހައްޖު މޫސުމުގައި އެއާ ޓެކްސީ ބޭނުންކުރަން ސައުދީ އަރަބިއްޔާއިން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް

ޖިއްދާގެ ކިންގް އަބްދުލްއަޒީޒް އެއާޕޯޓުން ހައްޖާއި އުމްރާއަށް ދާ މީހުން މައްކާގެ ހޮޓާތަކަށް ގެންދިއުމަށް އެއާ ޓެކްސީތަކެއް ފަށަން ނިންމާފައިވާ ކަމަށް ސައުދީ ޕްރެސް އެޖެންސީން ބުނެފި އެވެ.

އޮފިޝަލުން ބުނާ ގޮތުގައި މި މަސައްކަތުގެ ލޮޖިސްޓިކްސް ބަލަހައްޓާނީ ސައުދީގެ ގައުމީ އެއާލައިން ސައުދިއާ އިންނެވެ.

ސައުދީ އަރަބިއްޔާގެ ޓްރާންސްޕޯޓް މިނިސްޓަރު ސާލިހް ބިން ނާސިރު އަލް ޖަސީރު މިދިޔަ އަހަރު ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ހައްޖުގެ އަޅުކަމުގައި ފްލައިން ޓެކްސީތައް ޓެސްޓު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ނިއޯމް އާއި ވޮލޮކޮޕްޓާ އިން މިދިޔަ އަހަރު ވަނީ ނިއުމްގައި އެއާ ޓެކްސީ ޓެސްޓް ފްލައިޓްތަކެއް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފައިވާ ކަން އިއުލާންކޮށްފަ އެވެ.

އިލެކްޓްރިކް ވާޓިކަލް ޓޭކް އޮފް އެންޑް ލޭންޑިން (އީވީޓީއޯއެލް) މަތިންދާބޯޓަކީ ހައްޖުގެ އަޅުކަމުގައި ބޭނުންކުރަން ހާއްސަ ކޮށްފައިވާ މަތިންދާ ބޯޓެކެވެ.

ސައުދީ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަންގެ ރައީސް އަބްދުލްއަޒީޒް އަލް ޑުއައިލެޖް ވިދާޅުވީ، އޭވިއޭޝަން އިންޑަސްޓްރީއިން ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެޤައުމުގެ ޖީޑީޕީއަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދީ، ސައުދީގައި އިތުރު ވަޒީފާތައް އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން މި ކާމިޔާބުވި ޓެސްޓް ފްލައިޓަކީ ސައުދީ އޭވިއޭޝަން ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވެފައި ވެއެވެ.

މިދިޔަ އަހަރު ސައުދީ އަރަބިއްޔާއަށް ގާތްގަނޑަކަށް 2 މިލިއަން މީހުން ހައްޖަށް ގޮސްފައިވާއިރު، މިއީ ކޮވިޑުގެ ކުރިން ހައްޖަށް ދިޔަ މީހުންގެ އަދަދުތަކަށް އެނބުރި އައި އަދަދެކެވެ.

ހައްޖު އެންޑް އުމްރާ މިނިސްޓަރު ތައުފީގު އަލް ރާބިއާ ވިދާޅުވީ މިދިޔަ އަހަރު އުމްރާއަށް ދިޔަ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް 13.5 މިލިއަނަށް އަރާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ހައްޖު މޫސުމުގައި 750،000 އަށް ވުރެ ގިނަ ހައްޖުވެރިން ވަނީ ހަރަމައިން ހައި ސްޕީޑް ރޭލްވޭ ބޭނުންކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ