- Advertisement -ad image

ޑޮމިނިކަން ރިޕަބްލިކްގައި ހަފްތާއަކު ހަތަރު ދުވަހު މަސައްކަތް ކުރަން ތައްޔާރުވަނީ

ad image

ގުޅުންހުރި ލިޔުންތައް

ޑޮމިނިކަން ރިޕަބްލިކްގެ ކުންފުނިތަކުން ހަފްތާއަކު ހަތަރު ދުވަހު މަސައްކަތް ކުރާ ގޮތަށް ބަދަލުކުރުމަށް ތައްޔާރުވާން ފަށައިފި އެވެ.

މި ޓްރަޔަލް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުން ދަނީ ހަތަރު ދުވަހުގެ މަސައްކަތް ހަ މަސް ދުވަހުގެ ޕައިލެޓަކަށް ކުޜާ ގޮތަށެވެ.

ޑޮމިނިކަން ސަރުކާރުން ބުނީ މި މަސައްކަތް ފެބްރުއަރީ މަހު ފަށާނެ ކަމަށާއި، މިގޮތަށް ބަދަލުކުރި ނަމަވެސް މުވައްޒަފުންނަށް ހަމަ މުސާރަ ލިބޭ ކަމަށެވެ. މީގެއިތުރުން ސްޓޭންޑާޑް ވޯކް ވީކް 44 ގަޑިއިރުން 36 ގަޑިއިރަށް، ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކުޑަކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

“އެއީ ރައްޔިތުންނަށް އިސްކަންދީ، ސިއްހަތާއި ދުޅަހެޔޮކަން އިތުރުކޮށް، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި އުފެއްދުންތެރިކަމެއް ކުރިއެރުވުމަށް ގެންނަ ބަދަލެއް،” ޑޮމިނިކަންގެ ލޭބާ މިނިސްޓަރު ލުއިސް މިގުއެލް ޑި ކޭމްޕްސް ވިދާޅުވި އެވެ.

މި ޓްރަޔަލްގައި ބައިވެރިވާނެ ކަމަށް ބެލެވޭ ކުންފުނިތަކުގެ ތެރޭގައި ލެޓިން އެމެރިކާގެ ޓެލެކޮމިއުނިކޭޝަން ކުންފުންޏެއް ކަމަށްވާ ކްލެރޯ، ކަރަންޓު ކުންފުނި އީޖީއީ ހައިނާ، ހެވީ އިކުއިޕްމަންޓް ގެ ވިޔަފާރިކުރާ ކުންފުނި އައިއެމްސީއޭ އަދި ސަރުކާރުގެ ނޭޝަނަލް ހެލްތު އިންޝުއަރެންސް އެޖެންސީ ހިމެނެ އެވެ.

މި ޓްރަޔަލްގެ މަސައްކަތް ކުރުމަށް ލޯކަލް ޔުނިވާސިޓީއަކާއި ވަނީ ހަވާލުކޮށްފަ އެވެ. އޭގެ ބޭނުމަކީ މަސައްކަތްތެރިންނަށް ސިއްހީ ގޮތުން އަންނަ ބަދަލުތަކާއި މަސައްކަތާއި އަމިއްލަ ދިރިއުޅުމާ އޮންނަ ގުޅުން ހިމެނޭ ގޮތަށް ނަތީޖާ ތައް އެނަލައިޒް ކުރުމެވެ.

މިހާރު ޑޮމިނިކަން ރިޕަބްލިކްގެ ކުންފުނިތަކުން އާންމުގޮތެއްގައި ކޮންމެ ހަފުތާއަކު އަށް ގަޑިއިރު އަދި ހޮނިހިރު ދުވަހު އިތުރު ހަތަރު ގަޑިއިރު މަސައްކަތްކުރަން ކަނޑައެޅި ނަމަވެސް، ހަފުތާއަކު 44 ގަޑިއިރަށް ވުރެ ދިގު ނުވާހާ ހިނދަކު، އެ މީހުންނަށް ފެންނަ ގޮތަށް ގަޑިތައް ބެހުމުގެ މިނިވަންކަން އޮވެއެވެ.

އިނގިރޭސިވިލާތުން 2023 ވަނަ އަހަރު ވަނީ ހަފްތާއެއްގެ ހަތަރު ދުވަހުގެ މަސައްކަތް ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު ޓްރަޔަލްގެ ގޮތުގައި ބެލެވޭ ޓްރަޔަލް ލޯންޗުކޮށް ރަނގަޅު ނަތީޖާތަކެއް ހޯދާފަ އެވެ. އެމެރިކާގެ ބައެއް ކުންފުނިތަކުން ވެސް ކުރު މަސައްކަތު ހަތަރު ދުވަހަށް ބަދަލުވެފައިވާއިރު، ޗިލީގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ މަސައްކަތުގެ ހަފުތާ 45 ގަޑިއިރުން 40 ގަޑިއިރަށް ކުޑަކުރުމުގެ ބިލެއް ފާސްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ