އިސްރާއީލުން މިދިޔަ މަހު ރަފާއަށް ދިން ވައިގެ ހަމަލާއެއްގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުން ސަލާމަތްކުރި 10 މަހުގެ ތުއްތު ކުއްޖާ މަރުވެފައިވާ ކަމަށް ބުނެފި އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ހިންގި ރެސްކިއުއެއްގައި ތަލާ ރައުކާ ނަމަކަށް ކިޔާ މި ކުއްޖާ ދިރިހުއްޓާ އިމާރާތްތަކުގެ ދަށުން ނެގިއެވެ. މި ކުއްޖާ މަރުވިކަމަށް ބުނެފައިވަނީ އެމެރިކާގެ އެންބީސީ މީޑިޔާއިންނެވެ.
ތަލާގެެ މަރުގެ ހިތާމައިގަ ހުރި އޭނާގެ ބައްޕަ އަހުމަދު ރައުކާ ބުރާސްފަތި ދުވަހު އެންބީސީ ނިއުސްއަށް މައުލޫމާތު ދެމުން ބުނީ އޭނާގެ އަންހެން ދަރިފުޅު މަރުވެފައިވަނީ ވައިގެ މަގުން ދިން ހަމަލާގައި އާއިލާގެ 10 މީހުން މަރުވިތާ ގާތްގަނޑަކަށް ތިން ހަފުތާ ފަހުން ކަމަށެވެ.
“އޭނާގެ ދެފައި އޮތީ ބިނދިފައި. އަދި މަރުވިއިރުވެސް ދިޔައީ އެކަމަށް ބޭސްކުރަމުން،” ރައުކާ ކިޔައިދިނެވެ.
” މާތް الله ތަޢާލާއަށް ހަމްދުކުރަން، އޭނާ އެ ދިޔައީ އާއިލާ މެމްބަރުން ގާތަށް. ٱلْحَمْدُ لِلَّٰهِ” ރައުކާ ބުނެފައި ވެއެވެ.



