- Advertisement -ad image

ޗައިނާގެ ސްކޫލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 13 މީހުން މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ޗައިނާގެ މެދުތެރޭގެ ސްކޫލެއްގައި ހުރި ޑޯމިޓަރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 13 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ޒިންހުއާ ސްޓޭޓް ނިއުސް އެޖެންސީން ބުނެފި އެވެ.

ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭ ހެނާން ޕްރޮވިންސްގެ ޔަންޝަންޕޫ ވިލެޖްގެ ކުޑަ ކުދިންގެ ސްކޫލެއްގަ އެވެ. އަމިއްލަ ފަރާތްތަކުން ހިންގާ މި ސްކޫލަކީ ނާސަރީ އަދި ޕްރައިމަރީ އުމުރުގެ ދަރިވަރުންނަށް ކިޔަވައިދޭ ސްކޫލެކެވެ.

އަދި ނަންޔަންގް ސިޓީ ކައިރީގައި ހުންނަ އެ ސްކޫލުގެ މެނޭޖަރު ހިފަހައްޓައި މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ވަނަވަރާއި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ބެހޭ އިތުރު ތަފްސީލެއް ރަސްމީ ޗެނަލްތައް މެދުވެރިކޮށް ހާމަކޮށްފައެއް ނުވެއެވެ. ޒިންހުއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލިފާން ނިއްވާލި މީހުން އެލާޓް ކުރިތާ ގަޑިއެއްހާއިރު ވެސް ނުވަނީހެވެ.

ޗައިނާގައި ހިނގާ ގިނަ ނުރައްކާތެރި އަލިފާނުގެ ހާދިސާތަކަކީ އިމާރާތްކުރުމާއި ރައްކާތެރިކަމުގެ މިންގަނޑުތަކަށް އަމަލުކުރުމުގައި ލުއިގޮތްތަކެއް ހުރުމުގެ ސަބަބުން ދިމާވާ ހާދިސާތަކެވެ.

އެގޮތުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޝާންޝީ ޕްރޮވިންސްގެ ލުލިއަންގް ސިޓީގެ އޮފީސް އިމާރާތެއްގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި 26 މީހުން ވަނީ މަރުވެފަ އެވެ.

މިދިޔަ އޭޕްރީލް މަހު ބެއިޖިންގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 29 މީހަކު މަރުވެފައިވާއިރު، އެ ހާދިސާގެ ތަހުގީގަށް 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ