- Advertisement -ad image

ސީރިއާއަށް ދިން ވައިގެ ހަމަލާއަށް ރައްދުދޭނެކަމަށް  އީރާނުން ބުނެފި

ad image

ގުޅުންހުރި ލިޔުންތައް

ސީރިއާގެ ވެރިރަށަށް ދިން ވައިގެ ހަމަލާއެއްގައި އީރާނުގެ ސަލާމަތީ ބާރުތަކުގެ އިސް ފަސް މީހަކު ޝަހީދުކޮށްލުމުން، އެކަމަށް ރައްދު ދޭނެކަމުގެ އިންޒާރު އީރާނުގެ ރައީސް އިބްރާހީމް ރައީސީ ދެއްވައިފި އެވެ.

އިބްރާހީމް ރައީސީ ވިދާޅުވީ މި ހަމަލާގެ ޒިންމާ އުފުލަން ޖެހޭނީ އިސްރާއީލުން ކަމަށާއި އެ ހަމަލާގައި ސީރިއާ ސިފައިންގެ ގިނަ ބަޔަކު ވެސް މަރުވެފައިވާ ކަމަށެވެ.

ނަމަވެސް އިޒްރޭލުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ސީރިއާގައި އީރާނާ ގުޅިފައިވާ އަމާޒުތަކަށް ދެމުންދާ ހަ،މަލާތަކަށް ވަނީ އެތައް އަހަރެއް ވެފަ އެވެ.

އަދި އިސްރާއީލާއި ޣައްޒާގެ ހަނގުރާމަ ފެށުނު ފަހުން މިފަދަ ހަމަލާތައް ވަނީ އިތުރުވެފައެވެ.

އީރާން ރައީސްގެ އޮފިޝަލުންގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ބަޔާނުގައި ރައީސީ ވަނީ “މަތީ ދަރަޖައިގެ ޝަހީދުންގެ” އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

އަދި އެ މީހުންގެ މަރުގެ ބަދަލު ހިފާނެ ކަމަށް ވައުދުވެ، އެ ހަމަލާ ސިފަކުރެއްވީ އީރާނުގެ އެންމެ ފާހަގަކޮށްލެވޭ ފަސް އެޑްވައިޒަރުން ބިރުވެރި ގޮތަކަށް އަވަހާރަކޮށްލުމެއްގެ ގޮތުގަ އެވެ.

މި ހަމަލާއަކީ “ޓެރަރިސްޓް އަދި ކުށްވެރި” ހަމަލާއެއްގެ ގޮތުގައި ސިފަކޮށް އެ ބަޔާނުގައި ބުނެފައި ވަނީ މިއީ “ރެސިސްޓެންސް ފްރަންޓްގެ ހަނގުރާމަވެރިންނާ މެދު [އިސްރާއީލުގެ] މާޔޫސްކަމާއި ބަލިކަށިކަން އޮތް މިންވަރު ދައްކުވައިދޭ ހަމަލާއެއް” ކަމަށެވެ.

އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ މި ޙަމަލާތަކަކީ އިސްރާއީލުގެ ހަރުކަށި އަމަލެއް ކަމަށާއި، އެ ހަމަލާތައް ކުށްވެރިކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުގެ ކިބައިން ގޮވާލާކަމަށެވެ.,

ހޮނިހިރު ދުވަހު ދިން ހަމަލާތައް ދީފައި ވަނީ ދިމިޝްގުގެ ހުޅަނގު ދެކުނުގައި އޮންނަ މަޒްޒޭހް އަވަށުގެ އިތުރުން އަސްކަރީ އެއާޕޯޓެއް އޮންނަ ސަރަހައްދެއްގެ އިތުރުން ދިމިޝްގުގައި ހުންނަ އދ.ގެ މައި މަރުކަޒާއި އެމްބަސީތަކާއި ރެސްޓޯރެންޓްތަކަށެވެ.

އީރާނުގެ ސެމީ އޮފިޝަލް މެހެރް ނިއުސް އެޖެންސީން ބުނީ މި ހަމަލާތަކުގައި އައިއާރްޖީސީގެ ސީރިއާ އިންޓެލިޖެންސް ޗީފް އާއި އޭނާގެ ޑެޕިއުޓީގެ އިތުރުން ގާޑުގެ އެހެން މެމްބަރުން ވެސް މަރުވެފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ކެމްޕޭން ޖަމާއަތެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ހަމަލާތަކުގައި 10 މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ރިވޮލިއުޝަނަރީ ގާޑުގެ ލީޑަރުން ވެސް ހިމެނޭ ކަމަށެވެ.

އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ސީރިއާގެ ރައްޔިތަކު ބުނީ ހުޅަނގު މަޒްޒޭހު ސަރަހައްދުގައި “ގޮވުންތައް” އަދި “ދުމުގެ ބޮޑު ވިލާގަނޑެއް” ފެނިފައިވާ ކަމަށެވެ.އަދި ބޮޑަށް ވައްތަރީ މިސައިލް ހަމަލާއަކާއި ކަމަށ ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ