- Advertisement -ad image

ނާސިރު ހޮސްޕިޓަލް ހިންގުން އޮތީ އެއްކޮށް ހުއްޓިފަ: ޑަބްލިއުއެޗްއޯ

ad image

ގުޅުންހުރި ލިޔުންތައް

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގައި ހުންނަ ނާސިރު ހޮސްޕިޓަލް، ހަފުތާއެއްހާ ދުވަސް ވަންދެން އިސްރާއީލުގެ އަސްކަރިއްޔާ ވަށާލުމަށްފަހު، އެ ހޮސްޕިޓަލްގެ ހިންގުން އޮތީ އެއްކޮށް ހުއްޓިފައިކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް މިއަދު ވިދާޅު ވެއްޖެ އެވެ.

ގެބްރެޔޭސުސް ވިދާޅުވީ އިއްޔެ އާއި އޭގެ ކުރީ ދުވަހު ވެސް ޑަބްލިއުއެޗްއޯގެ ޓީމަށް ބަލި މީހުންގެ ހާލަތާއި ކްރިޓިކަލް މެޑިކަލް ބޭނުންތައް ދެނެގަތުމަށް ހޮސްޕިޓަލަށް ވަނުމުގެ ހުއްދަ ދީފައި ނުވާކަމަށެވެ. 

އަދި ޕާޓްނަރުންނާ އެކު ތެޔޮ ޑެލިވަރީ ކުރުމަށް ހޮސްޕިޓަލުގެ ކޮމްޕައުންޑަށް ދިޔަ ނަމަވެސްއެ ހުއްދަވެސް އިސްރާއިލުން ދީފައި ނުވާކަމަށް ގެބްރެޔޭސުސް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައި ވެއެވެ.

“ހޮސްޕިޓަލުގައި އަދިވެސް ގާތްގަނޑަކަށް 200 އެއްހާ ޕޭޝަންޓުން އެބަތިބި. ސިއްހީ ފަރުވާ ހޯދުމަށް މަދުވެގެން 20 މީހަކު މިހާރުން މިހާރަށް އެހެން ހޮސްޕިޓަލްތަކަށް ފޮނުވަން ޖެހޭ. މެޑިކަލް ރެފަރަލް އަކީ ކޮންމެ ޕޭޝަންޓެއްގެ ވެސް ހައްގެއް.” ގެބްރެޔޭސުސް ވިދާޅުވެފައި ވެއެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ ލަސްވުމުގެ ޚަރަދު އަދާކުރާނީ ބަލިމީހުންގެ ފުރާނައިންކަމަށާއި، ފުރާނަ ސަލާމަތްކުރުމަށް އެހީތެރިންނަށް ހޮސްޕިޓަލަށް ވަދެވޭނެ މަގު ފަހިކޮށްދިނުމަށް ގޮވާލާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ