- Advertisement -ad image

އިސްރާއީލުން ޣައްޒާގެ މެދުތެރެއަށް ދިން ވައިގެ ހަމަލާތަކުގައި ގިނަ ބަޔަކު ޒަޚަމްވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ޣައްޒާގެ މެދުތެރޭގައި ހުންނަ އަލް މަޣާޒީ ކޭމްޕަށް އަމާޒުކޮށް އިސްރާއީލުން މިއަދު ހެނދުނު ދިން ވައިގެ ހަމަލާއެއްގައި އާންމުންގެ އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.

އަލް މަޣާޒީ ކޭމްޕްގެ ގެއަކަށް އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ބޮން އެޅުމުގެ ސަބަބުން ޒަަމްވެފައިވަނީ ގިނައިން ކުޑަކުދިންނާއި އަންހެނުން ކަމަށް މެޑިކަލް މަސްދަރުތަކުން ބުނެއެވެ.

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސް ސިޓީގެ ހުޅަނގުގެ ބައެއް ސަރަހައްދުތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން ޝަހީދުވި އާންމުންގެ އަދަދު ވަނީ 29،514 އަށް އަރާފައެވެ. މީގެ އިތުރުން 69،616 މީހުން ޒަޚަމްވި އެވެ.

އިސްރާއީލުގެ ވަރުގަދަ ހަމަލާތަކާއި، މުވާސަލާތީ އަދި އިންޓަނެޓްގެ ހިދުމަތް މުޅިން މެދުކެނޑުމާއި، ތެޔޮ ނުލިބުމާއި، ހަލާކުވެފައިވާ އުމްރާނީ ވަސީލަތްތަކުގެ ސަބަބުން ޣައްޒާގައި މަރުވާ މީހުންގެ ތަފާސް ހިސާބުތައް ފުރިހަމަނުވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ