Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
- Advertisement -ad image

އީލޮން މަސްކް ފަހަތަށް ޖައްސާލައި އަނެއްކާވެސް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަޤާމަށް ޖެފް ބެޒޯސް

ad image

ގުޅުންހުރި ލިޔުންތައް

ބްލޫމްބާގް ބިލިއަނަރސް އިންޑެކްސްއިން ދައްކާ ގޮތުން އީލޮން މަސްކް ފަހަތަށް ޖައްސާލައި ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު ޖެފް ބެޒޯސް އަލުން ހޯދައިފިއެވެ.

އެމެޒޯންގެ ބާނީ ކަމަށްވާ ޖެފް ބެޒޯސްގެ މިލްކިއްޔާތު 200 ބިލިއަން ޑޮލަރަށް އަރާއިރު، މަސްކްގެ މިލްކިއްޔާތުގައި ހުރީ 198 ބިލިއަން ޑޮލަރެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މަސްކްއަށް ގާތްގަނޑަކަށް 31 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާއިރު، ބެޒޯސް އަށް ވަނީ 23 ބިލިއަން ޑޮލަރުގެ ކުރިއެރުމެއް ލިބިފަ އެވެ.

މަސްކްގެ ކުންފުންޏެއް ކަމަށްވާ ޓެސްލާގެ ހިއްސާ މިދިޔަ ހޯމަ ދުވަހު ވަނީ ހަތް ޕަސެންޓަށް ވުރެ ދަށަށް ގޮސްފަ އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު 2023 ވަނަ އަހަރުގެ މެއި މަހު މަސްކް އަލުން ހޯއްދެވީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ހިންގާ  (އެލްވީއެމްއެޗްއެފް) ގެ ސީއީއޯ ބާނާޑް އާނޯލްޓް ފަހަތަށް ޖައްސާލާފައެވެ. އޭގެ ތެރޭގައި ލުއިސް ވިޓަން، ޑިއޯރު އަދި ސެލީން ފަދަ ބްރޭންޑްތައް ހިމެނެއެވެ.

ތިން ސެންޓިބިލިއަނަރުން ކަމަށްވާ މަސްކް، އާނޯލްޓް އަދި ބެޒޯސް އެއް ވަނަ އަށް ވާދަކުރާތާ އެތައް މަހެއް ވެއްޖެ އެވެ. ލަގްޒަރީ މުދާ ވިއްކާ މިންވަރު އިތުރުވެ، އެލްވީއެމްއެޗްގެ ހިއްސާގެ އަގު އުފުލިގެން ދިއުމުގެ ސަބަބުން އަރްނޯލްޓް ވަނީ ގިނަ ދުވަސްތަކެއް ވަންދެން މި ތަށި ހިފަހައްޓައިފަ އެވެ.

މި އަހަރުގެ ކުރީކޮޅު ޑެލަވެއާ ސްޓޭޓް ކޯޓުގެ ފަނޑިޔާރަކު ވަނީ މަސްކް ގެ 2018 ވަނަ އަހަރުގެ ޕޭ ޕެކޭޖް (50 ބިލިއަން ޑޮލަރަށް ވުރެ ބޮޑު) ބޭރުކޮށްލައި، ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި އޭނާ ހިމެނުމަށް އެހީތެރިވެދީފަ އެވެ. ނަމަވެސް ޓެސްލާގެ ހިއްސާ ވަނީ އަހަރުން އަހަރަށް ބަލާއިރު ގާތްގަނޑަކަށް 24 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު ކޮންމެ މަހަކުން ސްވޮޕްކުރަނީ، ބާޒާރުގެ ޕާފޯމަންސަށް ބަލައިގެންނެވެ. އޮކްސްފާމްގެ އަހަރީ އިންއިކުއަލިޓީ ރިޕޯޓުގައިވާ ގޮތުން މަސްކް އާއި އާނޯލްޓްގެ އަތުގައި އަދިވެސް ގިނަ ހިއްސާތަކެއް އެބަހުއްޓެވެ.

2020 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެންމެ މުއްސަނދި ފަސް މީހުންގެ މިލްކިއްޔާތު ވަނީ އިންފްލޭޝަން އަށް ބެލުމަށް ފަހު 114 ޕަސެންޓް އުފުލި ޖުމްލަ 869 ބިލިއަން ޑޮލަރަށް އަރައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ