- Advertisement -ad image

އީރާނުން އިސްރާއީލަށް 300 އަށް ވުރެ ގިނަ ޑްރޯން އާއި މިސައިލް ހަމަލާތައް ފޮނުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

އިސްރާއީލުގެ ސަރަހައްދަށް ދިން ފުރަތަމަ ސީދާ ހަމަލާގައި އީރާނުން އެތައް ސަތޭކަ މިސައިލާއި ޑްރޯން ފޮނުވާލާފައިވާއިރު، އެ ހަމަލާ އިސްރާއީލުގެ އަސްކަރީ މަރުކަޒަކަށް އަރާފައެވެ.

ހޮނިހިރު ދުވަހުގެ ރޭ ދިން މި ހަމަލާގެ ސަބަބުން އިސްރާއީލުގެ ތެލްއަވީވް އާއި ހުޅަނގު ގުދުސް ހިމެނޭ ގޮތަށް އިޒްރޭލުގެ އެކި ސިޓީތަކުން ވައިގެ ހަމަލާތަކުގެ ސައިރަންތައް ގުގުމާލާފައިވާއިރު، ބައެއް ހިސާބުތަކުން ގޮވުމުގެ އަޑުތައްވެސް ދިޔައީ އިވެމުންނެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕަރޭޝަން (އައިއާރްޖީސީ) އިން މި ހަމަލާ ކަށަވަރުކޮށްދީ ބުނީ ޑްރޯންތަކާއި މިސައިލްތައް ފޮނުވާލީ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ސީރިއާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އަމާޒުކޮށް ޒަޔަނިސްޓް ޖަމާއަތުން ހިންގި ޖަރީމާގެ ބަދަލު ހިފުމުގެ ގޮތުން “ޓްރޫ ޕްރޮމިސް” އޮޕަރޭޝަންގެ ދަށުން ކަމަށެވެ.

ދިމިޝްގަށް ދިން މި ހަމަލާގައި 12 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި އައިއާރްޖީސީގެ އެލީޓް ޤުދުސް ފޯސްގެ އިސް ދެ ޖެނެރަލުން ވެސް ހިމެނެއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހޮނިހިރު ދުވަހު ވަނީ އިޒްރޭލުން އޮތީ އީރާނުން ސީދާ ހަމަލާއަކަށް ތައްޔާރަށް ކަމަށް ބުނެފައެވެ. އަދި ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ވަނީ އީރާނާއި އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެގައުމުގެ ބައިވެރިން އެގައުމަށް ދޭން ރާވާފައިވާ ހަމަލާއެއް އިޒްރޭލުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ބުނެފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ އީރާނުގެ “99 ޕަސެންޓް” ހަމަލާތައް ލޯންޗް ކުރުން ހުއްޓުވާފައިވާކަމަށެވެ. އަދި އީރާނުގެ ހަމަލާއާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލު ސިފައިން އެކުގައި އަމަލުކުރާނެކަމަށް އެމެރިކާގެ ސެނެޓުގެ މެޖޯރިޓީ ލީޑަރު ޗަކް ޝޫމަރ ވަނީ ބުނެފައެވެ.

އީރާނުން ދިން ރައްދުގެ ކުރިން އިރާގާއި އުރުދުން އަދި ލުބްނާނުން އެގައުމުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށްފައިވާއިރު، ސޫރިޔާއިން ވެސް ވަނީ ދިމިޝްގާއި ބޮޑެތި މަރުކަޒުތަކުގެ ވަށައިގެން ރަޝިޔާއިން އުފައްދާފައިވާ ޕަންޓްސިރު ގްރައުންޑް ޓު އެއާ ޑިފެންސް ސިސްޓަމްތައް ހައި އެލާޓަށް ގެނެސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ