- Advertisement -ad image

ދުބާއީ އާއި އޮމާން ފެނުއަޑީގައި، ތޫފާނުގެ ސަބަބުން 18 މީހުން މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ގަލްފް ސަރަޙައްދުގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އޮމާންގައި 18 މީހުން މަރުވެ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދަތުރުފަތުރަށް ބުރޫ އަރައިފިއެވެ.

އޮމާންގައި އަންގާރަ ދުވަހު އިއުލާނުކުރި މަރުވި މީހުންގެ ތެރޭގައި މިދިޔަ އާދީއްތަ ދުވަހު ސަމަދު އަޝާންގައި ފެންބޮޑުވުމުގެ ސަބަބުން ވެހިކަލް އެއްލާލާފައިވާ ނުވަ ސްކޫލް ކުދިންނާއި ޑްރައިވަރުވެސް ހިމެނެއެވެ.

ނޭޝަނަލް ކޮމިޓީ ފޯ އިމަޖެންސީ މެނޭޖްމަންޓުން ބުނީ ގެއްލުނު ދެ މީހަކު ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން އަދިވެސް ކުރަމުން އަންނަ ކަމަށެވެ.

ބައެއް ޕްރޮވިންސްތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ސަރުކާރު އަދި ޕްރައިވެޓް ސެކްޓާގެ އިދާރީ މުވައްޒަފުން ނަށް ޗުއްޓީ ދިން އިރު، ސުލްތާނުގެ އެހެން ސަރަހައްދުތަކުގައި ރިމޯޓް ވޯކް ކުރުމަށް ވަނީ ލަފާދީފަ އެވެ. އަދި ނުރައްކަލެއް އޮތްކަމަށް އިހުސާސްކުރެވޭނަމަ ނުވަތަ ކަމާބެހޭ ފަރާތްތަކުން އެކަމަށް އެދިއްޖެނަމަ ވަގުތީ ހިޔާތަކަށް ދިއުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ބޮޑަށް ގެއްލުން ލިބުނު ޕްރޮވިންސް ކަމަށްވާ އަޝް ޝަރްކިޔާ ނޯތު ޕްރޮވިންސްގެ ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ރައްޔިތުން ނެރުމަށް ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާ ކަމަށް ދައުލަތުގެ މީޑިއާއިން ބުނެއެވެ.

އަވަށްޓެރި ޔޫއޭއީއަށް ވެސް އަންގާރަ ދުވަހު ބޯކޮށް ވާރޭވެހި ބޮޑެތި ހައިވޭތަކުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮވުމުގެ ސަބަބުން ދުބާއީގެ މަގުތަކުގައި ވެހިކަލްތައް ވަނީ ދޫކޮށްލާފައެވެ.

ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ފްލައިޓްތަކުގެ ދަތުރުތަކަށް ބުރުއަރާފައިވާއިރު، ކާރުބާރު ބޮޑު މަގުތަކުގައި ވިއްސާރައިގެ ސަބަބުން ވަނީ ބޮޑެތި ފެންގަނޑު އުފެދިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ