- Advertisement -ad image

ރަފާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އަންހެނަކު ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

އިސްރާއީލުން ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާއަށް ރޭ ދިން ވައިގެ ހަމަލާއެއްގައި އާންމު މީހަކު ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

ވަފާ ނިއުސް އެޖެންސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަފާގެ އިރުމަތީގައި އޮންނަ އަލްޖަނީނާ އަވަށުގައި ހުންނަ ޚަތީބު އާއިލާގެ ގެއަކަށް އޮކިއުޕޭޝަން ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ބޮން އެޅުމުގެ ސަބަބުން އަންހެނަކު ޝަހީދުވެ، އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދެމުންދާ އެއްގަމާއި ކަނޑުގެ އަދި ވައިގެ ޙަމަލާތަކުގެ ސަބަބުން މިހާތަނަށް 34،454 އާންމުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އިޒްރޭލުން މިހާރު ދެމުންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން އެމްބިއުލާންސްތަކާއި މަދަނީ ދިފާއީ އެހީތެރިންނަށް އެތަންތަނަށް ނުދެވުމުގެ ސަބަބުން އެތައް ހާސް ބަޔަކާއި މަރުވެފައިވާ ހަށިތައް ކުނިތަކެއްގެ ދަށުގައި ތާށިވެ މަގުތަކުގައި ފެތުރިފައި އެބަހުއްޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ