- Advertisement -ad image

ޣައްޒާގައި ގިނަ އަދަދެއްގެ ނޫސްވެރިން ޝަހީދުވެފައިވާތީ ހައިރާންވޭ: އެންޓޯނިއޯ ގުޓަރޭޒް

ad image

ގުޅުންހުރި ލިޔުންތައް

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ މުހިންމު ދައުރަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އަލިއަޅުއްވާލައްވައިފިއެވެ.

މި ދުވަހާއި ގުޅިގެން ގުޓަރޭޒް ދެއްވި ހިތާބުގައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީޑިއާތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ހަނގުރާމައިން ފެށިގެން ޑިމޮކްރަސީއާ ހަމައަށް ހުރިހާ ކަމެއްގެ ޚަބަރު ގެނެސްދިނުމަށް މަސައްކަތް ކުރަމުން، ކަމަށް ވިދާޅުވެފައެވެ.

އަދި ޣައްޒާގައި އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ނޫސްވެރިން ޝަހީދުވެފައިވާތީ ހައިރާންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އދ.ގެ ޗީފް ވަނީ ނޫސްވެރިންނަށް މައުލޫމާތު ދިނުމާއި ހޭލުންތެރިކުރުވުމުގައި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ ދައުރު ވަރަށް ބޮޑު ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާއި ބަޔޯޑައިވާސިޓީ ގެއްލުމާއި ތިމާވެށީގެ ބޭއިންސާފާ ގުޅޭ ވާހަކަތައް ފާހަގަކުރުމުގައި މީޑިއާތަކުގެ ދައުރު ވަރަށް ބޮޑު ކަމަށް ވިދާޅުވެފައެވެ.

“ނޫސްވެރިންނާއި މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ރައްޔިތުންނަށް މައުލޫމާތު ދީ، ހަރަކާތްތެރިވުމަށް ކުރާ އަގުހުރި މަސައްކަތްތައް އދ އިން ބަލައިގަންނަން” އޭނާ ވިދާޅުވި އެވެ.

ގުޓެރޭޒް ވިދާޅުވީ ވޭތުވެދިޔަ ފަނަރަ އަހަރުގެ ތެރޭގައި ތިމާވެށީގެ މައްސަލަތަކާ ގުޅޭ ގޮތުން ރިޕޯޓް ކުރާ ނޫސްވެރިންނަށާއި ނޫސްތަކަށް 750 އެއްހާ ހަމަލާ ދީފައިވާ ކަމަށް ޔުނެސްކޯގެ ރިޕޯޓްތަކުން ދައްކާ ކަމަށެވެ. އަދި އެފަދަ ހަމަލާތައް ދޭ މިންވަރު ދަނީ އިތުރުވަމުން ކަމަށް އޭނާ ވިިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނޫސްވެރިންނާއި މީޑިއާގެ ފަންނުވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތައް ކަށަވަރުކުރުމަށް ސަރުކާރުތަކާއި ޕްރައިވެޓް ސެކްޓާ އަދި މަދަނީ ޖަމިއްޔާތަކުން ބައިވެރިވުމަށް އދ.ގެ ޗީފް ވަނީ ގޮވާލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ