- Advertisement -ad image

އަލްޖަޒީރާގެ އޮފީސް ބަންދުކުރަން އަންގައި، ގެންގުޅޭ އާލާތްތައް ހިފަހައްޓައިފި

ad image

ގުޅުންހުރި ލިޔުންތައް

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް އިޒްރޭލުގައި ހުންނަ އަލްޖަޒީރާގެ އޮފީސް ބަންދުކުރަން އަންގައި،މުވާސަލާތީ ބައެއް ސާމާނު ހިފަހައްޓައިފަ އެވެ.

ނަތަންޔާހޫ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމާއި ގުޅިގެން އދ އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

އަލްޖަޒީރާގެ އޮފީސް ބަންދުކުރަން އަންގާފައި މިވަނީ ހަނގުރާމަ ހުއްޓާލުމަށ،ް މިސްރުގެ ގާހިރާގައި ކުރިއަށްދާ މަޝްވަރާތަކަށް ގާތްގަނޑަކަށް ހަތް މަސް ވީއިރުވެސް ހަނގުރާމައަށް ކުރިއެރުމެއް ލިބޭނެ ކަމުގެ ނިޝާނެއް ނުފެންނަ ދަނޑިވަޅެއްގައި، ޣައްޒާގެ ދެކުނުގެ ރަފާހަށް އިޒްރޭލުން އަސްކަރީ ޙަމަލާތައް ދޭނެކަމަށް ބެލެވޭތީ ބައިނަލްއަޤްވާމީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އިސްރާއީލުން ޣައްޒާގައި ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ޚަބަރުފަތުރާ ވަސީލަތްތައް އުފައްދަމުން އަންނަ ގަތަރުގެ ނިއުސް ނެޓްވޯކުން ވެސް ވަނީ އަލް ޖަޒީރާގެ އޮފީސްތައް ބަންދުކުރުމަކީ ޖިނާއީ އަމަލެއް ކަމަށް ސިފަކޮށްފަ އެވެ.

“އަޅުގަނޑު އިސްވެ ހުންނަވާ ސަރުކާރުގެ އިއްތިފާގުން ނިންމީ: އިޒްރޭލުގައި ހުންނަ އިންސައިޓްމަންޓް ޗެނަލް އަލްޖަޒީރާ ބަންދުކުރަން” އެކްސްގައި ނަތަންޔާހޫ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިޒްރޭލުގެ ކޮމިއުނިކޭޝަން މިނިސްޓްރީން އާދީއްތަ ދުވަހު ބުނީ އެ ނެޓްވޯކްގެ ގުދުސް އޮފީސްތައް ބަންދުކޮށް، މުވާސަލާތީ އާލާތްތައް ހިފަހައްޓާފައިވާ ކަމަށެވެ. މީގެ އިތުރުން ކޭބަލް އަދި ސެޓެލައިޓުން ނެޓްވޯކްގެ ބްރޯޑްކާސްޓްކުރުން ހުއްޓާލައި، އެ ނެޓްވޯކްގެ ވެބްސައިޓްތަކަށް ވަނުމަށް ހުރަސް އެޅިކަމަށް މިނިސްޓްރީން ބުންޏެވެ.

އަލްޖަޒީރާގެ އޮޕަރޭޝަންތަކާ މެދު ނަތަންޔާހޫގެ ސަރުކާރުން ގިނަ ދުވަސްތަކެއް ވަންދެން ޝަކުވާ ކުރަމުން އަންނައިރު، އިސްރާއީލާ ދެކޮޅު ފިކުރެއް ގެންގުޅޭ ކަމަށް ތުހުމަތުކޮށް، އެ އެޖެންސީއަކީ “ހަމާސްގެ މައުތުޕީސްއެއް” ކަމަށް ތުހުމަތުކޮށްފައި ވެއެވެ. އެ އަލްޖަޒީރާ ބަންދުކުރީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބެލެވޭ ބޭރުގެ ނެޓްވޯކްތައް މަނާކުރުމުގެ ހުއްދަ ދޭ ބޮޑު ގާނޫނެއް ފާސްކުރުމާ ގުޅިގެންނެވެ.

އިޒްރޭލުގެ ކޭބަލް ފޯރުކޮށްދޭ ކުންފުނިތަކުން އަލްޖަޒީރާ ނެޓްވޯކްތައް އުފުލުން އާދީއްތަ ދުވަހުގެ މެންދުރުގެ ނިޔަލަށް ހުއްޓާލާފައިވާ ކަމަށް ސީއެންއެންގައި ބުނެފައިވެއެވެ. އިޒްރޭލުގައި ހުންނަ އަލްޖަޒީރާގެ ކޭބަލް ޗެނަލުން މިހާރު މެސެޖެއް ދައްކަނީ “ސަރުކާރުގެ ނިންމުމާ އެއްގޮތަށް އަލްޖަޒީރާ ޗެނަލްގެ ބްރޯޑްކާސްޓްތައް އިޒްރޭލުގައި ހުއްޓާލީ” ކަމަށެވެ.

މިކަމާއި ގުޅިގެން އަލްޖަޒީރާއިން ވަނީ އިސްރާއީލުގެ ކެބިނެޓްގެ މި ނިންމުމަކީ މައުލޫމާތު ހޯދުމާއި، އިންސާނީ ހައްގަށް އުނިކަން ލިބޭފަދަ ނިންމުމެއް ކަމަށެވެ.

އަލްޖަޒީރާއިން ވަނީ މީޑިއާގެ މަސައްކަތްތައް ހިންގާ ޕްރޮފެޝަނަލް ފްރޭމްވޯކްތަކާ ހިލާފުވެފައިވާ ކަމަށް ބުނެ އިޒްރޭލުން ކުރާ ދޮގު ތުހުމަތުތައް ދޮގުކޮށް، މީޑިއާތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ގޮވާލާފަ އެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާގައި މަސައްކަތްކުރާ އެ ނެޓްވޯކްގެ ގިނަ ނޫސްވެރިންތަކެއް ޝަހީދުވެ، ޒަހަމްވެފައެވެ.

ނަތަންޔާހޫ މިފިޔަވަޅު އެޅީ އިޒްރޭލުގައި އަލްޖަޒީރާއަށް ބޮޑެތި ހުރަސްތަކެއް އެޅި އާ ގާނޫނު ފާސްވުމާ ގުޅިގެން އެ ގައުމުގެ ޓީވީ ޗެނަލް ބަންދުކުރާނެ ކަމަށް ވައުދުވެފައިވާތާ މަހެއްހާ ދުވަސް ފަހުންނެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި ނެޓްވޯކުން ހިންގާ އޮފީސްތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ސަރުކާރަށް ދިނުމާއި އިކުއިޕްމަންޓާއި ރިޕޯޓަރުންގެ ޕްރެސް ކާޑު ހިފެހެއްޓުމުގެ އިތުރުން އެ ކުންފުނީގެ ބްރޯޑްކާސްޓްތަކާއި އާންމުންނަށް ވެބްސައިޓަށް ވަނުން މަނާކުރުން ހިމެނެ އެވެ.

އިސްރާއިލުގެ އިތުރުން އާއި ޣައްޒާގައި ވެސް އަލްޖަޒީރާގެ އޮފީހެއް ހުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ