ސައުދީ އަރަބިއްޔާގައި ހައްޖުގެ އަޅުކަން އަދާކުރަމުން ދަނިކޮށް ހޫނުގަދަވުމުގެ ސަބަބުން ޖުމްލަ 19 ހައްޖުވެރިޔަކު ނިޔާވެއްޖެ އެވެ.
ނިޠާވި ހައްޖުވެރިންގެ ތެރޭގައި އުރުދުންގެ 14 ހައްޖުވެރިން ވެސް ހިމެނޭކަމަށް އުރުދުންގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އީރާނުގެ ރެޑް ކްރެސެންޓުން ވަނީ މިއަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރެއިން މިހާތަނަށް އީރާނުގެ އިތުރު ފަސް ހައްޖުވެރިންގެ ފުރާނަ ގެއްލިފައިވާ ކަމަށް ބުނެފައެވެ.
އުރުދުންގެ ޚާރިޖީ ވުޒާރާއިން ބުނީ އެ ގައުމުގެ 14 ރައްޔިތަކު މަރުވެފައިވަނީ ހޫނުގަދަވުމުގެ ސަބަބުން ހީޓްސްޓްރޯކް ޖެހިގެން ކަމަށެވެ.
ކޮންމެ އަހަރެއްގައި ވެސް ޙައްޖުގެ އަޅުކަން ދިމާވަނީ ސަޢޫދީ ޢަރަބިއްޔާގެ ހޫނު މޫސުމަށެވެެ.
މިއަހަރުވެސް ހޫނުމިން 40 ޑިގްރީ ސެލްސިއަސް (104 ޑިގްރީ ފެރެންހައިޓް) އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ހޯމަ ދުވަހު ހޫނުމިން 47 ސެލްސިއަސްއަށް ވަނީ އަރާފައެވެ. އެހެންކަމުން ސައުދީގެ އޮފިޝަލުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި، ހޫނު ވަގުތުތަކުގައި ބޭރަށް ނުކުތުން މަދުކުރުމަށް އިލްތިމާސްކުރަމުންނެވ