ކަނޑުމަތީގައި އުޅެނިކޮށް ފެނުނު ފުޅިތަކުން ގޮތްނޭނގޭ އެއްޗެއް ބުއިމުގެ ސަބަބުން ސްރީލަންކާގެ ހަތަރު މަސްވެރިއަކު މަރުވެ، އިތުރު ދެ މަސްވެރިއަކު ސީރިއަސް ހާލުގައި އޮތްކަމަށް ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.
އެމީހުން މަސްވެރިކަން ކުރަމުން ދަނިކޮށް ދެކުނު އައްސޭރިފަށުގެ އަވަށެއް ކަމަށްވާ ޓަންގައްލޭއާ ގާތްގަނޑަކަށް 320 ނޯޓިކަލް މޭލު ބޭރުން ފުޅިތައް ނެގި ކަމަށް މައުލޫމާތު ލިބެއެވެ.
ސްރީލަންކާގެ ނޭވީން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ މަސްވެރިން ފުޅިތައް ނެގީ އޭގައި ބަނގުރާ ހުރި ކަމަށް ހީކޮށްގެން ކަމަށެވެ.
ސްރީލަންކާގެ ޑިޕާޓްމަންޓް އޮފް ފިޝަރީޒް އެންޑް އެކުއެޓިކް ރިސޯސަސްގެ ޑިރެކްޓާ ޖެނެރަލް ސުސަންތާ ކަހަވައްޓޭ ވިދާޅުވީ، އެ މީހުން އަނބުރާ ގޮނޑުދޮށަށް ގެނައުމަށް ނޭވީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ދޯނީގައި ތިބި ފިރިހެނުންނަށް ފަރުވާ ދިނުމަށް އެކަށީގެންވާ ވަގުތު ނެތުމުން ނޭވީން އެ މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.