ބަންގްލަދޭޝްގައި ކާފިއު އިއުލާންކޮށް، ސަރުކާރުގެ ކާފިއުއާ ހިލާފުވި މުޒާހަރާގެ ބައިވެރިންނަށް ރަޔަޓް ފުލުހުން ބަޑި ޖަހައިފިއެވެ.
ބަންގްލަދޭޝްގައި ހިނގަމުންދާ ވަޒީފާ ކޯޓާގެ ހަމަނުޖެހުންތަކުގައި މިހާތަނަށް 133 މީހުން މަރުވެފައިވާ ކަމަށް އޭއެފްޕީއިން ވަނީ ރިޕޯޓްކޮށްފައެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި މިއީ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ވެރިކަމުގެ 15 އަހަރު ފަހުން އެކަމަނާއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެވެ.
އެޤައުމުގެ ސަރުކާރުން އިއުލާންކުރި ކާފިއު އަށް އަމަލުކުރަން ފަށާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަދި ބޮޑު ވަޒީރުގެ އޮފީހުން ވަނީ އަސްކަރިއްޔާއަށް ސިފައިން ބޭތިއްބުމަށް އަންގާފައެވެ. މިހެން އަންގާފައިވަނީ ފުލުހުންނަށް ބޮޑެތި ހަމަނުޖެހުންތައް ކޮންޓްރޯލް ނުކުރެވުމުންނެވެ. މި ކާފިއު ދެމިއޮންނާނީ މިއަދުގެ ހެނދުނު 10:00 އާ ހަމައަށެވެ.
ވެރިރަށް ޑާކާގެ މަގުތައް ދުވާލުގެ ވަގުތުގައި ގާތްގަނޑަކަށް ފަޅުވެފައިވާއިރު، 20 މިލިއަނަށްވުރެ ގިނަ މެގަސިޓީގެ ޕެޓްރޯލް ކުރަމުން ދަނީ ފައިމަގުގައާއި އާމަރޑް ޕަރސަނަލް ކެރިއަރުންނެވެ.
ނަމަވެސް ރާމްޕޫރާގެ މީހުން ދިރިއުޅޭ އަވަށުގައި އެތައް ހާސް ބަޔަކު އެނބުރި މަގުތަކަށް ނިކުތްއިރު، ފުލުހުން ވަނީ އެއްވެ ތިބި މީހުންނާ ދިމާލަށް ބަޑިޖަހައި އެކަކު ޒަހަމްކޮށްލާފައެވެ.
ބުރާސްފަތި ދުވަހުން ފެށިގެން ބަޑީގެ ހަމަލާތަކުގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާކަމަށް ހޮސްޕިޓަލްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ފުލުހުންގެ ތަރުޖަމާނު ފާރޫކް ހުސައިންވިދާޅުވީ ހުކުރު ދުވަހު ވެރިރަށުގެ އެކި ކަންކޮޅުތަކުގައި ފުލުހުންނާ “އެތައް ލައްކަ ބަޔަކު” ހަނގުރާމަކޮށްފައިވާ ކަމަށެވެ.



