އެމެރިކާގެ ޑިމޮކްރަސީ ސަލާމަތް ކުރުމުގެ ގޮތުން އަލުން އިންތިހާބުގެ ކެމްޕެއިން ހުއްޓާލަން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ޓީވީ މެދުވެރިކޮށް ދިން ތަގުރީރެއްގައި ބުނެފިއެވެ.
އެމެރިކާގެ ރައްޔިތުންނާ މުހާތަބްކޮށް އުމުރުން 81 އަހަރުގެ ބައިޑަން ބުނީ އޭނާގެ ރައީސްކަމުގެ ރެކޯޑަކީ ދެވަނަ ދައުރަކަށް އެކަށީގެންވާ ރެކޯޑެއް ކަމަށް ދެކޭ ކަމަށާއި ނަމަވެސް ޑިމޮކްރަސީ ސަލާމަތް ކުރުމަށް އެއްވެސް ކަމެއް ހުރަސް ނޭޅޭނެ ކަމަށެވެ.
އޭނާ ބުނީ އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް އަށް ތާއީދު ކުރަން ނިންމީ ޑިމޮކްރެޓިކް ޕާޓީތަކާއި ގައުމު އެއްބައިވަންތަ ކުރުމަށް ކަމަށެވެ.
ވައިޓް ހައުސްގައި އޭނާ ދިން ތަގުރީރަކީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު ރޭހުން ވަކިވިފަހުން އާންމުކޮށް ބައިވެރިވި ފުރަތަމަ ތަގުރީރެވެ.
ރިޕަބްލިކަން ޕާޓީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ހިނގި ނުރައްކާތެރި ބަހުސަކަށް ފަހު، އިތުރު ދައުރެއް އަދާކުރެވޭނެ ކަމާ މެދު ޝައްކު އުފެދި، އެކުވެރިންނާއި އެހީދޭ ފަރާތްތަކުގެ ޕްރެޝަރު ބައިޑަންއަށް ދަނީ ކުރިމަތިވަމުންނެވެ.