އިންޑިއާ: މަދްޔަ ޕްރަދޭޝްގެ ޗަތަރްޕޫރު ޑިސްޓްރިކްޓް ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން ދެ ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު ދަނޑުވެރިއެއްގެ ފުރަގަސް ފަރާތުން 16 އިންޗީގެ ބޮޑު ތޮރައެއް ނަގައިފި އެވެ.
މި އޮޕަރޭޝަން ކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
ހާލު ސީރިއަސްވެގެން ޚަޖުރާހޯއިން ގެނައި އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސާ، ހާލު ސީރިއަސްވުމުގެ ސަބަބުންނެވެ. ބަލިމީހާ ބެލުމަށްފަހު ޑޮކްޓަރުންނަށްވަނީ އޭނާގެ ހަށިގަނޑަށް ތޮރަލެއް ވަދެ، އެތެރެހައްޓަށް ޒަހަމްތައް ލިބިފައިވާކަން ދެނެގަނެވިފައެވެ.
ނަންދްކިޝޯރު ޖާޓަވް އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދިޔަ ސާޖިކަލް ޓީމުން ވަނީ ކޮމްޕްލެކްސް އޮޕަރޭޝަން ކޮށް ބަލިމީހާގެ ހަށިގަނޑުން 16 އިންޗީގެ ތޮރަލެއް ނަގައިފަ އެވެ. އދި އޭނާގެ ހާލު މިޙާރު ރަނގަޅެވެ.
އެ މީހާގެ ހަށިގަނޑަށް ތޮރާާ ވަދެފައިވަނީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
މި އޮޕަރޭޝަންގައި ޑޮކްޓަރުން ވަނީ ތޮރާގެ ސަބަބުން ބަލިމީހާގެ އެތެރޭގެ މެމްބްރޭންތައް ފަޅައިގެން ގޮސްފައިވާކަން ފާހަގަކޮށްފައެވެ.