ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ ޣައްޒާގެ ދެކުނުގެ ގަވަރުނަރޭޓްތަކުން ޕޯލިއޯ ވައިރަސްގެ ފުރަތަމަ ކޭސް ހެލްތު މިނިސްޓްރީން މިއަދު ރަޖިސްޓްރީކޮށްފި އެވެ.
އެ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ކޭސް ފެނިފައިވަނީ ދީރް އަލް ބަލާހް ސިޓީގައި ޕޯލިއޯ އަށް އެއްވެސް ވެކްސިނެއް ނުޖަހާ 10 މަހުގެ ތުއްތު ކުއްޖެއްގެ ފަރާތުން ކަމަށެވެ. ޑޮކްޓަރުން ވަނީ އަލަށް އުފަންވި ކުއްޖާގެ ކިބައިން ޕޯލިއޯގެ އަލާމާތްތަކާ އެއްގޮތް އަލާމާތްތަކެއް ފެނިފައިވާ ކަމަށް ބުނެފައެވެ. އަދި އައްމާނުގައި ހެދި ޓެސްޓުތަކުން އެނގުނު ގޮތުގައި އަލަށް އުފަންވި ކުއްޖާއަށް ވެކްސިން އިން އުފައްދާ ފައިވާ ޕޯލިއޯވައިރަސް (ވީޑީޕީވީ) ގެ ސްޓްރެއިންއެއް ވަނީ ޖެހިފަ އެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައި 10 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން މުހިންމު ޕޯލިއޯ ވެކްސިން ކެމްޕޭނެއް ކުރިއަށް ގެންދާނެކަމަށް އދ. އިން ވަނީ ބުނެފައެވެ. އދ. އިން ވަނީ އެ ޖަމިއްޔާގެ ކުޑަކުދިންގެ ފަންޑު (ޔުނިސެފް) އާ ގުޅިގެން ޓައިޕް 2 ޕޯލިއޯ ވެކްސިންގެ 1،200،000 ޑޯޒް ރައްކާތެރިކުރެވިފައިވާ ކަމަށާއި، 400،000 ޑޯޒް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ.
އިސްރާއީލުން މިހާރު ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން ޣައްޒާއަށް ޞިއްޙީ ކާރިސާއެއް ކުރިމަތިވެފައިވާކަން ފާހަގަކޮށް، އަސާސީ ސާފުތާހިރުކަމާއި ސާފުތާހިރުކަމުގެ ޚިދުމަތުގެ އިތުރުން، ކުނީގެ ޚިދުމަތް ނުލިބުމާއި، މަގުތަކާއި ގެދޮރު ގެއްލިފައިވާ މީހުންގެ ހިޔާތަކުގެ ވަށައިގެން ކުނި ޖަމާވުމުގެ އިތުރުން، ރައްކާތެރި ބޯފެން ނުލިބުމުގެ ސަބަބުން ގިނަ ބަލިމަޑުކަމެއް ފެތުރުމަށް ފަހި މާހައުލެއް އުފެދިފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ. އޭގެ ތެރޭގައި ފެނުން ޖެހޭ ބަލިތައް ކަމަށްވާ ވީޑީޕީވީ ހިމެނެ އެވެ.
އަދި އިސްރާއީލުން ފަލަސްޠީނަށް ދެމުންގެންދާ ޖަރީމާތައް ހުއްޓުވައި، ޣައްޒާގެ އާބާދީއަށް ވަގުތުން ޞިއްޙީ ޚިދްމަތް ފޯރުކޮށްދިނުމުގެ ޙާލަތު ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށާއި ބައިނަލްއަޤްވާމީ ޞިއްޙީ ޖަމްޢިއްޔާތަކަށް ވަނީ ގޮވާލާފައެވެ.



