މިދިޔަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގި ހަމަނުޖެހުންތަކުގައި ރެކޯޑް އަދަދަކަށް އެހީދޭ މީހުން މަރުވެފައިވާއިރު، އިޒްރޭލާއި ހަމާސްގެ ހަނގުރާމަ ފެށުނުތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މި އަހަރު އިތުރު މީހުން މަރުވެދާނެ ކަމަށް އދ އިން ބުނެފި އެވެ.
2023 ވަނަ އަހަރު މަރުވި 33 ގައުމެއްގެ 280 އެހީދޭ މަސައްކަތްތެރިން ވަނީ މަރުވެފައެވެ. މިއީ އޭގެ ކުރީ އަހަރުގެ 118 މީހުންނާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެއް ކަމަށް ދުނިޔޭގެ އިންސާނީ ދުވަހުގެ މުނާސަބަތުގައި އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒްއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންމެ ނުރައްކާތެރި އަހަރުގެ ތެރޭގައި މަރުވި ހިއުމެނިޓޭރިއަނުންގެ އަދަދު ރެކޯޑުގައި އޮތުމުން ނުފުދޭނެ ކަމަށެވެ.
“ސޫދާނާއި އެހެނިހެން ގިނަ ތަންތަނުގައި އެހީދޭ މީހުންނަށް ހަމަލާދީ، މަރާލައި، ޒަހަމްކޮށް، އަދި ވަގަށްވެސް ނަގަނީ. ކުށްކުރި މީހުންނަށް އިންސާފު ލިބޭނެ ގޮތަށް އަދަބު ދިނުން ހުއްޓާލުމަށް ގޮވާލަން،” އދ.ގެ ވެރިޔާ ވިދާޅުވި އެވެ.
އެއިޑް ވޯކާ ސެކިއުރިޓީ ޑޭޓާބޭސްގެ ވަގުތީ އެކައުންޓަކުން ދައްކާ ގޮތުގައި މިއަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް 172 އެހީދޭ މީހުން މީހުން ވަނީ މަރުވެފައެވެ. އަދުި ކުރިއަށް އޮތްތަނުގައި މި އަދަދު އިތުރުވާނެކަމަށް ލަފާކުރެއެވެ.
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި 280 އަށްވުރެ ގިނަ އެހީދޭ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ޔޫއެންއާރުޑަބްލިއުއޭގެ ނަމުން ނަންދީފައިވާ ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވާ އދ.ގެ އެޖެންސީގައި މަސައްކަތް ކުރި ފަލަސްތީނު މީހުން ކަމަށް އޯސީއެޗްއޭ އިން ބުނެއެވެ. އަދި ސޫދާނާއި ދެކުނު ސޫދާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ވެސް މިއަހަރާއި މިދިޔަ އަހަރު ވެސް މަރުވި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.



