ހުޅަނގު އައްސޭރީގެ އުތުރުގައި، އިސްރާއީލުން ހިންގި ބޮޑު އަސްކަރީ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ނުވަ މީހަކު ޝަހީދުކޮށް، 11 މީހަކު ޒަޚަމްކޮށްލައިފި އެވެ.
ޖެނިންގެ އިރުދެކުނުން އޮންނަ މިސިލްޔާ އަވަށުގެ ކައިރީގައި އިޒްރޭލުގެ ޑްރޯނަކުން އެ މީހުންގެ ވެހިކަލަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ ތިން ޒުވާނަކު ޝަހީދު ވަނީ ޝަހީދުކޮށްލާފައެވެ.
ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އިން ބުނި ގޮތުގައި އެ މީހުންގެ ޓީމުތަކުން ވަނީ ވެހިކަލުން މަރުވި ތިން މީހުންގެ ހަށިގަނޑު ހޯދާފަ އެވެ.
މީގެއިތުރުން ތޫބާސްގެ ދެކުނުގައި އޮންނަ އަލްފަރާ ރެފިއުޖީ ކޭމްޕަށް އިސްރާއީލު ސިފައިން ދިން ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ ހަތަރު ޒުވާނަކު ޝަހީދުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލު ސިފައިން ކޭމްޕް ބަންދުކުރުމުގެ ސަބަބުން އެ ސަރަހައްދަށް އެމްބިއުލާންސްތައް ވަނުމަށް ހުރަސް އެޅުމާއި މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ހުރަސް އެޅުމުގެ ސަބަބުން މަރުވި މީހުންނާ ހަމައަށް ވާސިލްވުމުގައި ދަތިތަކެއް ވަނީ ކުރަމަތިވެފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން މީގެ ކުރިން ވެސް ގިނަ އަދަދެއްގެ އިންފެންޓްރީ ސިފައިންނާއެކު އެ ކޭމްޕަށް ވަދެ، ބުލްޑޯޒަރެއްގެ އިތުރުން އިތުރު އަސްކަރީ ރިއިންފޯސްމަންޓްތަކެއް ވެސް ދީފައިވެ އެވެ. ކޭމްޕްގެ ވަށައިގެން ސްނައިޕަރުން ވަރަށް ބޮޑަށް ހަރަކާތްތެރިވަމުން އަންނަ އިރު، ޑްރޯންތަކުން އެ ސަރަހައްދު ވަނީ ވަރަށް ބޮޑަށް ޕެޓްރޯލްކޮށްފަ އެވެ.
އިޒްރޭލު ސިފައިން އެކޭމްޕްގެ ތެރެއަށް ފަލަސްތީނު މީހުން ވަނުމަށް ހުރަސް އެޅުމާ އެކު އެ ކޭމްޕް އަދިވެސް އޮތީ ވަށާލާފަ އެވެ. މިއީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބައެއް ސަރަޙައްދުތަކުގައި އިސްރާއީލުން ދެމުންދާ އަސްކަރީ ޙަމަލާތަކުގެ ތެރެއިން ހިންގަމުންދާ ބައެއް ޙަމަލާތަކެވެ.