- Advertisement -ad image

ލަންކާގެ އައު ބޮޑުވަޒީރަކަށް އިދިކޮޅު ލީޑަރު ރަނިލް

ad image

ގުޅުންހުރި ލިޔުންތައް

ސްރީލަންކާގެ އާ ބޮޑުވަޒީރަކަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އައްޔަން ކޮށްފި އެވެ.

ރަނިލް ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީ މިއަދު ލަންކާ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރަޢީސް ގޮތާބަޔާ ރާޖަޕަކްސާގެ ކުރިފުޅު މަތީގައި އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރީ ބޮޑުޒާވަޒީރު މަހިންދްރަ ރާޖަޕަކްސާ މަގާމުން އިސްތިއުފާދެއްވުމުންނެވެ.

ރަނިލް ވަނީ މީގެ ކުރިން އެ ގައުމުގެ ބޮޑުވަޒީރުކަން ހަތަރު ފަހަރެއްގައި ކުރައްވާފައި އެވެ. އެއީ 1993-1994 އަށް، 2001-2004އަށް އަދި 2015-2018ގެ އިތުރުން 2018-2019 އަށެވެ.

މަހިންދްރަ އިސްތިއުފާ ދޭން ޖެހުނީ މިދިޔަ މަހުން ފެށިގެން އެ ގައުމުގެ ސަރުކާރާއި ދެކޮޅަށް ކުރަމުންދާ ވަރުގަދަ މުޒާހަރާތައް މިދިޔަ އަންގާރަ ދުވަހު އިތުރަށް ހޫނު ވުމުން އެ ދުވަހު އެވެ. އެ ދުވަހު ހަމަ ނުޖެހުން އުފެދެން ޖެހުނީ އިދިކޮޅުން ބޭއްވި ސުލްހަވެރި އެއްވުމެއްގެ ތެރެއަށް ސަރުކާރު ސަޕޯޓަރުންނާއި މަޖިލީސް މެމްބަރުންތަކެއް ވަދެ ބަޑިޖަހައި އިދިކޮޅު ސަޕޯޓަރުންނަށް އަނިޔާ ކުރުމުންނެވެ.

މި ހަމަނުޖެހުންތަކުގައި ސަރުކާރާއި ދެކޮޅު މުޒާހަރާ ކުރި މީހުން ވަނީ ސަރުކާރު ވެރިންނާއި މަޖިލީސް މެމްބަރުންގެ ގެތަކާއި އުޅަނދުތަކުގައު ހުޅުޖަހާފަ އެވެ. އޭގެ ތެރޭގައި މަހިންދްރަ ރާޖަޕަކްސާގެ ގެކޮޅަކާއި ރާޖަޕަކްސާ އާއިލީ ގެއެއްގައި ރޯކޮށްލާފައިވެ އެވެ.

ލަންކާގެ ސިޔާސީ މަޝްރަހު ގޯސްވެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަން ފެށީ ކާބޯތަކެތީގެ އަގު އުފުލި، ލަންކާ ރުފިޔާގެ އަގު ދަށްވެ، ތެލާއި ގޭސް ހުސްވެ ގައުމު އިގްތިސޯދީ އަނދަވަޅަކަށް ވެއްޓުމުންނެވެ. ލަންކާ އޮތީ ބޭރު ގައުމުތަކުން ނަގާފައިވާ ލޯނުތައް ދެއްކޭނެ ގޮތެއް ނެތި ދަރަނިވެރިވެފައި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ