ސްރީލަންކާގެ އިގްތިސާދު ފުނޑުފުނޑުވުމުން ގިނަ ބަޔަކު އިހުތިޖާޖުކޮށް އޭރުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ގައުމުން ފިލައިގެން ދިޔަ ފަހުން ބާއްވާ ފުރަތަމަ އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.
މި އިންތިހާބުގެ ވޯޓްލުން ފެށީ ލަންކާ ގަޑިން ހެނދުނު 7:00 ގަ އެވެ. ސަލާމަތީ ގިނަ ފިޔަވަޅުތަކަކާ އެކީ އިންތިހާބުގެ ވޯޓްލުން ފެށި އިރު ވޯޓްލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް އެ ގައުމުުގެ އިލެކްޝަން ކޮމިޝަނުން ބުންޏެވެ.
ޖުމްލަ 38 ކެންޑިޑޭޓަކު ވާދަ ކުރާ އިންތިހާބުގައި މަގުބޫލު ލިސްޓުގައި އުޅެނީ 3 ކެންޑިޑޭޓެކެވެ.
އެގޮތުން އިގްތިސޯދީ ދަތިކަމުގެ ތެރޭގައި ރައްޔިތުން ނިކުމެ ވައްޓާލި ގޮތަބަޔަ ރާޖަޕްކްސެގެ ވެރިކަމަށް ފަހު ވަޑައިގެންނެވި ރަނިސް ވިކްރަމަސިންގްހަ އާއި ކޮރަޕްޝަނާ ދެކޮޅު އެޖެންޑާ ޕްރޮމޯޓު ކުރައްވާ އަނޫރާ ކުމާރާ ޑިސަނަޔަކެ އާއި 1993 ގައި ވެރިކަމުގައި ހުންނަވަނިކޮށް އަވާހާރަ ކޮށްލި ޕްރެމަދާސަގެ ދަރިކަލުން ސަޖިތް ޕްރެމަދާސާ އާއި ގޮތަބަޔާ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ފާހަގަ ކޮށްލެވެއެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ތާއީދު އޮންނަ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކުގެ ތެރެއިން ލަންކާއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އަނބުރާ ގެނެސްފައިވާ ކުރީގައި ވެރިކަން ކުރެއްވި ރަނިލް ވިކްރަމަސިންގްހާ މި ވޯޓުން ބަލިވާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ސްރީލަންކާގެ އިގްތިސާދު ހަމައަކަށް އެޅިފައިވާއިރު، އައިއެމްއެފްގެ ތާއީދާއެކު އަޅާފައިވާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ގިނަ ބަޔަކަށް ދަނީ ގެއްލުން ލިބެމުންނެވެ.