ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިއު ޔޯކުގައި ބޭއްވި ރެލީގައި ދެކެވުނު ވާހަކަތަކާ ގުޅިގެން ނައިބު ރައީސް ކަމަލާ ހެރިސް ހަރުކަށި އިބާރާތުން ފާޑުވިދާޅުވެއްޖެއެވެ. އެގޮތުން މެޑިސަން ސްކުއެރ ގާޑަންގައި ބޭއްވުނު މި ރެލީގައި ޓްރަމްޕްގެ ސަޕޯޓަރުން ދެއްކި ވާހަކަތަކުގެ ތެރޭގައި ނަސްލީ އަދި ހަޑިހުތުރު ޙަމަލާތައް ހިމެނުނު ކަމަށް ހެރިސް ވިދާޅުވިއެވެ.
ޚާއްޞަކޮށް ކޮމީޑިއަން ޓޯނީ ހިންޗްކްލިފްގެ ޕިއުޓޯ ރިކޯއާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކުން ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޓްރަމް ވަނީ ހިންޗްކްލިފް ވަނީ ޕިއުޓޯ ރިކޯއަކީ ކަނޑުގެ މެދުތެރޭގައި އޮތް ކުނީގެ ޖަޒީރާއެއް ކަމަށް ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން ޓްރަމްޕްގެ ކެމްޕޭނުން ވަނީ ހިންޗްކްލިފްގެ ވާހަކަތަކާ ދުރުވެފައެވެ. ނަމަވެސް ހެރިސް ވިދާޅުވީ ޓްރަމްޕްގެ މެސެޖަކީ އައު އެއްޗެއް ނޫން ކަމަށާއި، އޭނާ އަބަދުވެސް މަސައްކަތް ކުރައްވަނީ އެމެރިކާގެ ރައްޔިތުން ބައިބައިކުރުމަށް ކަމަށެވެ.
ރައީސް ޖޯ ބައިޑަންވެސް ވަނީ ޓްރަމްޕްގެ ރެލީގައި ހިނގި ކަންތައްތައް ކުށްވެރިކުރައްވާ، އެއީ ރައީސަކަށް އެކަށީގެންވާ ފެންވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ ކަންކަމާ ގުޅިގެން ކުރިއަށް އޮތް އިންތިޚާބުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.
މި މައްސަލައާ ގުޅިގެން ނައިބު ރައީސް ހެރިސް ވަނީ ޕިއުޓޯ ރިކޯގެ ކަންކަމަށް އިތުރު އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށްޓަކައި ވަކި ޓާސްކް ފޯހެއް އުފައްދަވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.



