ރަޝިޔާގެ ރައީސް ވްލަދިމީރު ޕުޓިން ވަނީ އެ ޤައުމުގެ ނިއުކްލިއަރ ބާރުތަކުގެ ތަމްރީނެއް ފަށައިފިއެވެ. މި ތަމްރީނުގައި ހިމެނެނީ ދުޝްމަނުން ނިއުކްލިއަރ ހަމަލާއެއް ދީފިނަމަ، އެކަމަށް ޖަވާބުދާރީވުމުގެ ގޮތުން މިސައިލްތައް ދޫކުރުމުގެ ސިމިއުލޭޝަނެކެވެ.
މި ތަމްރީނު ފެށިގެން އައީ ޔުކްރެއިންގެ މައްސަލައިގައި ހުޅަނގުގެ ޤައުމުތަކާއެކު އޮތް ގުޅުން ގޯސްވަމުންދާ ދަނޑިވަޅެއްގައެވެ. ތަމްރީނުގައި ރަޝިޔާގެ ފުރިހަމަ ނިއުކްލިއަރ “ތްރައިޑް” ކަމަށްވާ ބިމުން، ކަނޑުން އަދި ވައިގެ މަގުން ދޫކުރާ މިސައިލްތައް ހިމެނުނެވެ.
ރައީސް ޕުޓިން ވިދާޅުވީ ރަޝިޔާގެ ނިއުކްލިއަރ ހަތިޔާރުތަކަކީ “ޤައުމުގެ މިނިވަންކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދޭ އިތުބާރުހުރި ގެރެންޓީއެއް” ކަމަށެވެ. އަދި ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމަކީ “ޤައުމުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ނަގާ އެންމެ ފަހުގެ، އެންމެ ހައްދުފަހަނަޅާފައިވާ ފިޔަވަޅު” ކަމަށް ޕުޓިން ވިދާޅުވިއެވެ.
މި ތަމްރީނު ހިނގަމުންދަނީ ރަޝިޔާ-އުކްރެއިން ހަނގުރާމަ އޭގެ އެންމެ ނުރައްކާތެރި މަރުޙަލާއަށް ވަދެފައިވާ ކަމަށް ރަޝިޔާގެ އޮފިޝަލުން ބުނާ ދަނޑިވަޅެއްގައެވެ.