ޣައްޒާގެ ދެކުނުގައި ހުރި ޓެންޓް ކޭމްޕަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި 21 މީހުން މަރުވެއްޖެއެވެ.
އެ ސަރަޙައްދުގައި ހުރި ހޮސްޕިޓަލެއްގެ އިސްވެރިއެއް ވިދާޅުވިގޮތުގައި މި ޙަމަލާގައި އަލިފާން ރޯވެ، ގިނަ އަދަދެއްގެ މީހުން މަރުވެފައިވާކަމަށް ވެއެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ މި ޙަމަލާ އަމާޒުކޮށްފައިވަނީ ޙަމާސްގެ އިސް ފަރާތްތަކަކަށް ކަމަށެވެ. އަދި މަދަނީ ރައްޔިތުންނަށް ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް މިއީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ސަރަޙައްދަކަށް ތަކުރާރުކޮށް ދެވުނު އިތުރު ޙަމަލާއެކެވެ.
މި ޙަމަލާގެ އިތުރުން، ބުދަ ދުވަހު ޣައްޒާގެ މެދުތެރެއަށް ދެވުނު އެހެން ޙަމަލާއެއްގައި 10 މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި 4 ކުޑަކުދިން ހިމެނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޙަމާސްއިން ދިން ޙަމަލާއާ ގުޅިގެން ފެށުނު އިޒްރޭލުގެ ހަނގުރާމަ، 14 މަސް ފަހުންވެސް ނިމުމަކަށް އައިސްފައެއް ނުވެއެވެ.