Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ތުރުކީން އައިއެސް ގްރޫޕާ ދެކޮޅަށް ސީރިއާގައި ހަނގުރާމަ ކުރާނެކަމަށް ބުނެފި

ad image

ގުޅުންހުރި ލިޔުންތައް

ތުރުކީއާއި، ސީރިއާ، އިރާޤު އަދި ޖޯޑަން ގުޅިގެން ސީރިއާގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގްރޫޕުގެ ބާކީ ބަޔާ ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަށް ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން ވިދާޅުވެއްޖެއެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން ޤަޠަރުގެ ވެރިރަށް ދޯހާގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އަދި މިކަމުގެ ސަބަބުން އެމެރިކާއަށް ސީރިއާގެ ކުރުދީ ހަނގުރާމަވެރިންނާ އޮތް ގުޅުން ކަނޑާލެވޭނެ ކަމަށެވެ.

އެމެރިކާއިން ވޭތުވެދިޔަ 10 އަހަރު ވަންދެން ސީރިއާގެ ކުރުދީ ބާރުތަކާއެކު އޮތް ގުޅުމަކީ ތުރުކީން ދެކޮޅުހަދާ ކަމެކެވެ. އެއީ ޕީޕަލްސް ޑިފެންސް ޔުނިޓްސް (ވައިޕީޖީ) އަކީ ތުރުކީއާއި އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަނުން ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ލިސްޓްކޮށްފައިވާ އެހެން ކުރުދީ ގްރޫޕަކާ ގުޅުން އޮތް ޖަމާޢަތެއް ކަމަށް ތުރުކީން ބުނާތީއެވެ.

އެމެރިކާގެ އެހީތެރިކަމާއެކު ހިންގާ ސީރިއަން ޑިމޮކްރެޓިކް ފޯސަސްގެ އިސް ބާރަކަށްވާ ވައިޕީޖީއަކީ އައިއެސްއާ ދެކޮޅަށް އެމެރިކާގެ ސްޕެޝަލް ފޯސަސްއާއެކު ހަނގުރާމަ ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ފަރާތެކެވެ. އަދި މިހާރު ސީރިއާގެ އުތުރު-އިރުމަތީ ސަރަޙައްދުގައި ހާސްތަކެއް އައިއެސް ހައްޔަރުކުރެވިފައިވާ މީހުން ބަލަހައްޓަމުން ދަނީވެސް މި ޖަމާޢަތުންނެވެ.

“މައިގަނޑު މައްސަލައަކީ ވައިޕީޖީއިން ދާއިޝް (އައިއެސް) ގެ ހައްޔަރުކުރެވިފައިވާ މީހުން ބަލަހައްޓައި، ޖަލުގައި ބަންދުކޮށްގެން ތިބުން… އެމީހުން އެނޫން އެހެން އެއްވެސް ކަމެއް ނުކުރޭ،” ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން ވިދާޅުވިއެވެ.

“އެހެންވީމާ ތުރުކީ އާއި، އިރާޤު، ސީރިއާ އަދި ޖޯޑަން އެއްބައިވެގެން ދާއިޝްއާ ދެކޮޅަށް ހަނގުރާމަ ކުރަން ޖެހޭ. އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ. އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި މި ހަތަރު ގައުމުން އެޅޭނެ ފިޔަވަޅަކީ މިއީ. އަޅުގަނޑުމެން މިހާރުވެސް ވާނީ އެ މަސައްކަތުގެ އިބްތިދާއީ މަޝްވަރާތައް ފަށާފައި،” އޭނާ ވިދާޅުވިއެވެ.

ޤަޠަރުގެ ވެރިރަށް ދޯހާގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފިދާން ވިދާޅުވީ، އައު ސީރިއާ ސަރުކާރުން އައިއެސްގެ ހައްޔަރުކުރެވިފައިވާ މީހުންގެ ޒިންމާ ނަގާނެކަމަށް އިޝާރާތްކޮށްފައިވާ ކަމަށެވެ.

ތުރުކީން ބޭނުންވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރުދީ ހަނގުރާމަވެރިންނަށް ދެމުންދާ އެހީތެރިކަން ހުއްޓާލުމަށެވެ. އެއީ އެ ހަނގުރާމަވެރިންނަކީ ތުރުކީން ދެކޭގޮތުގައި ޓެރަރިސްޓުންނެވެ. މިގޮތަށް ތުރުކީން ދެކެނީ އެ ހަނގުރާމަވެރިންނާއި ކުރުދިސްތާން ވަރކަރސް ޕާޓީ (ޕީކޭކޭ) އާ ދެމެދު ގުޅުން އޮތް ކަމަށް ބެލެވޭތީއެވެ. ޕީކޭކޭއަކީ 1984 އިން ފެށިގެން ޓަރކީއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޖަމާޢަތެކެވެ.

“އަޅުގަނޑުމެން އުންމީދު ކުރަނީ ރައީސް ޓްރަމްޕް ރަނގަޅު ނިންމުމެއް ނިންމަވައި މި ކުށް އިސްލާހު ކުރައްވާނެ ކަމަށް… މިއީ ވީހާވެސް އަވަހަކަށް ބަންދުކުރަންޖެހޭ ހުޅުވިފައިވާ ޒަޚަމެއް،” ފިދާން އިތުރަށް ވިދާޅުވިއެވެ.

ނޮވެމްބަރު މަހު ސީރިއާގެ އާ ސަރުކާރުން އެ ޤައުމު ހިފުމަށް ހަނގުރާމަވެރިން ފެށި އޮޕަރޭޝަނާ ގުޅިގެން، ތުރުކީގެ އެހީތެރިކަން ލިބިގެން ހަރަކާތްތެރިވާ ހަނގުރާމަވެރިން ވަނީ ކުރުދީ ބާރުތަކަށް އަމާޒުކޮށް އެތައް ރަށެއް ހިފާފައެވެ. އަދި މީގެ އިތުރުން ތުރުކީގެ ސިފައިން ވަނީ ސީރިއާއާއި އުތުރު އިރާޤުގައި ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަރަކާތްތެރިވަމުން ގެންގޮސްފައެވެ. އިއްޔެ ތުރުކީގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އުތުރު ސީރިއާގައި ތުރުކީގެ ސިފައިން 23 “ޕީކޭކޭ/ވައިޕީޖީ ޓެރަރިސްޓުން” މަރާލި ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ