ބުރާސްފަތި ދުވަހު ހަރަމްފުޅަށް 500،000 ޢުމްރާވެރިން ވަދެފައިވާކަމަށް މައްކާ އާއި މަދީނާ މިސްކިތުގެ ކަންތައްތައް ބަލަހައްޓާ ޖެނެރަލް ޕްރެސިޑެންސީން ހާމަކޮށްފިއެވެ. މިއީ އެއްދުވަހެއްގައި މިސްކިތަށް ވަދެފައިވާ އެންމެ ގިނަ އަދަދެވެ.
ޢުމްރާވެރިންގެ ކަންތައްތައް ހަރުދަނާކޮށް، އެންމެ އެދެވޭ ގޮތުގައި ބެލެހެއްޓުމަށްޓަކައި، މައްކާ މިސްކިތުގެ މައިދޮރާށިތަކުގައި ސެންސަރުތައް ހަރުކުރެވި، އަދި ސްމާޓް ކެމެރާތައް ވަނީ ބަހައްޓާފައެވެ. މި ނިޒާމުގެ ސަބަބުން މިސްކިތަށް ވަންނަ މީހުންގެ އަދަދު ވަގުތުން ވަގުތަށް ދެނެގަނެވެއެވެ.
މި ޓެކްނޮލޮޖީގެ އެހީގައި، ޚާއްޞަކޮށް މަތާފް (ކަޢުބާގެ ވަށައިގެން ތަވާފުކުރާ ސަރަޙައްދު) އަދި މަސްޢާ (ޞަފާ މަރްވާގެ ދެމެދު) ފަދަ މީހުން ގިނަވާ ސަރަޙައްދުތަކުގައި ޢުމްރާވެރިންގެ ހަރަކާތްތައް އިންތިޒާމުކުރުމަށް ފަސޭހަވެގެން ދެއެވެ. އަދި މިކަމުގެ ސަބަބުން ޢުމްރާވެރިންގެ ރައްކާތެރިކަން އިތުރުވެ، މިސްކިތަށް ވަދެ ނިކުތުމުގެ ކަންތައްތައް އިތުރަށް ހަރުދަނާވެގެން ދިޔައެވެ.
އައު ނިޒާމުގެ ދަށުން އެންމެ ގިނަ ޢަދަދެއްގެ ޙައްޖުވެރިން އެއްދުވަހެއްގައި ވަނީ ރެކޯޑް ކުރެވިފައެވެ. އެއީ ގާތްގަނޑަކަށް ފަސްލައްކަ ޙައްޖުވެރިންނެވެ.