ތުރުކީގެ އިސްތަންބޫލާއި އެ ސިޓީގެ ކައިރި ސަރަހައްދުތަކަށް ވަރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.
ތުރުކީވިލާތުގެ ވެރިކަންކުރާ އިސްތަންބޫލުގެ ހުޅަނގުގައި 80 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ސިލިވްރީއަށް އައި ބިންހެލުން އުފެދިފައި ވަނީ ބިމުގެ ސަތަހައިގެ 6.92 ކިލޯމީޓަރު އަޑީގައެވެ. ރެކްޓަރ މިންގަނޑުން 6.2ގެ ބާރުމިނުގައި އައި މި ބިން ހެލުމުގެ ލޮޅުންތަކުގެ އަސަރު އިސްތަންބޫލަށާއި އަވަށްޓެރި އެހެން ޕްރޮވިންސުތަކަށް ކޮށްފައިވެއެވެ.
ބިންހެލުން އައުމާ އެކު މީހުން ދުވެފައި އިމާރާތްތަކުން ނުކުންނަ މަންޒަރު ވަނީ ފެނިފައެވެ. އިންތަންބޫލުގެ ގަވަރުނަރުގެ އިދާރާއިން ބުނީ ބިންހެލުމުގެ ސަބަބުން 151 މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.
ބިންހެލުމުގެ ސަބަބުން މެދުތެރޭ އިސްތަންބޫލުގައި ހުންނަ ފަޅު އިމާރާތެއް ވެއްޓިފައިވެއެވެ. ނަމަވެސް އެ އިމާރާތް ވެއްޓުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އިސްތަންބޫލުގެ ފެނާއި ހަކަތައާގުޅޭ އެއްވެސް ބިނާރަކަށް ވެސް ބިންހެލުމުގެ ސަބަބުން ގެއްލުން ލިބިފައެއް ނުވެއެވެ. އަދި އެއްވެސް ހައިވޭއަކަށް ވެސް ވައިގެ ބަނދަރަކަށް ވެސް ރޭލު ނިޒާމަކަށް ވެސް ގެއްލުން ލިބިފައެއް ނުވެއެވެ.
މި ބިންހެލުމުގެ އަސަރު ވަނީ ތުރުކީގެ ކައިރި ބައެއް ގައުމުތައް ކަމަށްވާ ބަލްގޭރިއާ އާއި ގްރީސް އަދި މެކެޑޯނާ އަށް ވެސް ކޮށްފަ އެވެ.



