މިއަދުގެ މިހާތަނަށް އިންޑިއާގައި އެކްޓިވް ކޮވިޑް-19 ކޭސްތަކުގެ އަދަދު 6،491 އަށް އަރައިފިއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރގެ ދުވަހުގެ ކޮވިޑް-19 ބުލެޓިންގައި ހާމަކޮށްފައިވާ ގޮތުގައި، އިއްޔެއާ އަޅާބަލާއިރު މިއަދު އެ ޤައުމުގެ އެކްޓިވް ކޭސްތަކުގެ އަދަދު 358 އިން އިތުރުވެފައިވެއެވެ. މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ކޮވިޑް-19 އިން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ކެރަލާ ސްޓޭޓަށެވެ. މި ސްޓޭޓުގައި 1،957 އެކްޓިވް ކޭސް ވާއިރު، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މަދުވެގެން 7 އައު ކޭސް ރިޕޯޓުކޮށްފައިވެއެވެ.
އިންޑިއާގެ ވެރިރަށް ދިއްލީގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 42 އައު ކޭސް ރިޕޯޓުކުރެވި، ޖުމްލަ އަދަދު 728 އަށް އަރާފައިވެއެވެ. އިންޑިއާގައި އެންމެ ގިނައިން އަސަރުކޮށްފައިވާ ސްޓޭޓުތަކުގެ ތެރޭގައި ކެރަލާ، ގުޖަރާތު، ވެސްޓް ބެންގާލް، ދިއްލީ އަދި މަހާރާޝްޓްރާ ހިމެނެއެވެ.
އިންޑިއާގައި އިތުރު ކޭސްތަކަށް ތައްޔާރުވުމުގެ ގޮތުން، ސަރުކާރުން ޤައުމުގެ އެކި ހިސާބުތަކުގައި ހުރި ހޮސްޕިޓަލުތަކުގައި މޮކް ޑްރިލްތައް ހިންގައި، އޮކްސިޖަން ސަޕްލައި، ވެންޓިލޭޓަރުތައް އަދި މުހިންމު ބޭސްތައް ލިބެންހުރި މިންވަރު ދަނީ ބަލަމުންނެވެ.