ޣައްޒާއަށް އެހީ ވަނުމަށް އިސްރާއީލުން އަޅާފައިވާ ހުރަސްތަކަކީ އިންސާނިއްޔަތާއި އަޚްލާޤީ މިންގަނޑުތަކާ ޚިލާފު ކަމެއްކަން އެންމެންނަށްވެސް ފެންނަން އެބައޮތްކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޯނީ އަލްބަނީޒް ވިދާޅުވެއްޖެއެވެ.
އޭބީސީ ޕަބްލިކް ބްރޯޑްކާސްޓަރަށް ދެއްވި އިންޓަވިއުއެއްގައި އަލްބަނީޒް ވިދާޅުވީ، މާރިޗު މަހު އިސްރާއީލުން ނިންމި ގޮތަށް، ކާބޯތަކެތި ފޯރުކޮށްދިނުން ހުއްޓުވުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއްކަން ވަރަށް ސާފު ކަމަށެވެ.
ފަލަސްތީނުގެ ދައުލަތެއް ގަބޫލުކުރުމުގައި ފްރާންސްގެ ފިޔަވަޅުތަކާ އެއްގޮތަށް އޮސްޓްރޭލިއާއިން ވެސް ފިޔަވަޅު އަޅާނެތޯ ސުވާލުކުރުމުން، އަލްބަނީޒް ވިދާޅުވީ އެއީ އެމަނިކުފާނުގެ ސަރުކާރުން މިވަގުތު ކުރަން ގަސްތުކުރާ ކަމެއް ނޫން ކަމަށެވެ. އެކަމަކު އެކަށީގެންވާ ޙާލަތްތަކެއް މެދުވެރިވެއްޖެނަމަ، އެއީ ކުރިއަށް ދިއުމުގެ މަގެއްގެ ގޮތުގައި ބަލައިގަނެވިދާނެ ކަމަށް ވިދާޅުވިއެވެ.



