ރަޝިޔާގެ އިރުމަތީ ސަރަހައްދަށް މިއަދު އައި ބާރުގަދަ ބިންހެލުމުގެ އަސަރު ދިވެހިރާއްޖެއަށް ނުކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން މިއަދު ބުނެފިއެވެ.
ރަޝިޔާގެ ޕެޓްރޯޕަވްލޮވްސްކް-ކަމްޗަޓްސްކީގެ އިރުން 136 ކިލޯމީޓަރު ދުރުގައި މިއަދު އައި ބިންހެލުމަކީ 8.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ. މި ބިންހެލުމާ ގުޅިގެން ޖަޕާނާއި ރަޝިޔާގެ އެކި ސަރަހައްދުތަކަށް ސުނާމީ އަރަން ފަށާފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ދައްކައެވެ.
މި ބިންހެލުމާ ގުޅޭ ގޮތުން މެޓް އޮފީހުގެ މީޑިއާ އޮފިޝަލެއް ވިދާޅުވީ މި ބިންހެލުމުގެ އަސަރު ދިވެހިރާއްޖެއަށް އެއްވެސް ގޮތަކުން ނުކުރާނެ ކަމަށެވެ. އަދި އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ވެސް ވަނީ މި ބިންހެލުމުގެ އަސަރު އިންޑިއާ ކަނޑަށް ނުކުރާނެ ކަމަށް ކަށަވަރުކޮށްދީފައެވެ.



