- Advertisement -ad image

މަންކީޕޮކްސް ވައިރަހަކީ ނުރައްކަލެއްގެ ރަނގަބީލަކަށް ވެދާނެ – ޑަބްލިޔުއެޗްއޯ

ad image

ގުޅުންހުރި ލިޔުންތައް

މަންކީޕޮކްސް ވައިރަހުގެ ކޭސްތައް އިތުރުވަމުންދިއުމަކީ މި ވައިރަސް ފެތުރިގެން ހިނގައިދާނެކަމަށް ބެލެވޭ ނުރައްކާތެރި ރަނގަބީލަކަށް ވެދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފި އެވެ.

“އަދި މި ފެންނަނީ ބޮޑު ގަނޑުފެންގަނޑަކުން ތަންކޮޅެއް ނޫންކަމެއް އަދި އަހަރެމެންނަކަށް ނޭނގެ. ނޫނީ އަހަރެމެންނަށް ނޭނގި މި ވައިރަސް ފެތުރިފައި ވަނީ ކިހާ މިންވަރަކަށް ކަމެއްވެސް ނޭނގެ. “ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެޕިޑެމިކް އެންޑް ޕެންޑަމިކް ޕްރިޕެއާރޑނަސް އެންޑް ޕްރިވެންޝަންގެ ޗީފް ސިލްވީ ބްރިއަންޑް ވިދާޅުވެފައި ވެއެވެ.

އިނގިރޭސިވިލާތުން 7 މެއިގަ މަންކީޕޮކްސްގެ ފުރަތަމަ ކޭސް ރިޕޯޓްކުރި ފަހުން މިހާތަަނަށް މި ވައިރަހުގެ 200 އަށްވުރެ ގިނަ ކޭސްތައް އެކި ޤައުމުތަކުން ޔުނައިޓެޑް ނޭޝަންސްއަށް ރިޕޯޓްކޮށްފަ އެވެ. ޔޫރަޕިއަން ސެންޓަރ ފޯރ ޑިޒީސް ޕްރިވެންޝަން އެންޑް ކޮންޓްރޯލްއިން ލަފާކުރާ ގޮތުގައި މި އަދަދު 219އަށް އަރައެވެ.

ސްޕެއިން އެކަނިވެސް މި ވައިރަހުގެ 92 ކޭސްވަނީ ފެނިފަ އެވެ. އަދި އާރޖެންޓީނާއިން ހުސްވި ހުކުރު ދުވަހު ވަނީ މަންކީޕޮކްސްގެ ފުރަތަމަ ދެ ކޭސް ރިޕޯޓްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ